Search Streamline Icon: https://streamlinehq.com

ޖާބިރު މަތިވެރީއަށް ގޮސް މީހަކު ރަޙީނުކޮށްފި

L 2019 12 01 115302 zda3cpksonyfemhv6wg5j24l8x1ri97ubqt EN

ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރ އަބްދުﷲ ޖާބިރު މަތިވެރީ އަށް ދިޔުމަށްފަހު އެރަށު މީހަކު ރަހީނުކޮށްފިއެވެ.

މައުލޫމާތު ލިބުނު ގޮތުގައި ޖާބިރު ވަނީ އެރަށު މީހަކާ އިނދެގެން އުޅޭ ބީރައްޓެހި މީހަކު ރަހީނުކުރުމަށްފަހު އޭނަގެ ގެސްޓް ހައުސް (ކަޒާމިއާ) އަށް ވަނީ ގެންގޮސްފައެވެ. މިއަދު މެންދުރު 3 އެހާކަންހާއިރު ރަހީނުކުރި 35 އަހަރުގެ މީހާއަށް އަނިޔާ ކުރުމަށްފަހު ދޫކޮށްލާފައިވަނީ ހަވީރު 4:15 އެހާކަންހާއިރުގައެވެ.

މިހާދިސާގައި އެމީހާގެ ނޭފަތް ވަރަށް ބޮޑަށް ފަޅައިގެން ގޮސްފައިވާ އިރު ލޯކައިރިވެސް ވަނީ ދުޅަވެފައެވެ. އެމީހާއަށް އެރަށު ހޮސްޕިޓަލުގައި ފަރުވާ ދެމުންދާކަމަށާއި ޖާބިރު ރަށުތެރޭ ހަޑިހުތުރު ބަހުން މީހުންނާ ދިމާލަށް އެއްޗެހި ކިޔަމުން ދާކަމުގެ ޝަކުވާ ކައުންސިލަށް ހުށަހެޅިފައިވާކަމަށް އެރަށު ކައުންސިލުގެ ރައީސް ވަނީ ވިދާޅުވެފައެވެ.

މިމައްސަލައާއި ގުޅިގެން ފުލުހުންދަނީ އެރަށުގައި ހަރަކާތްތެރިވަމުންނެވެ.

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *