ޓީއެމްއޭގެ ސީޕްލޭނެއް ރިސޯޓެއްގެ ވޯޓާ ބަންގްލޯއެއްގައި ޖެހި އެކްސިޑެންޓެއް ހިނގައިފިއެވެ.
މައުލޫމާތު ލިބޭ ގޮތުގައި މި އެކްސިޑެންޓް ހިނގައިފައި ވަނީ ބ.ފިނޮޅަށް ކުރި ދަތުރެއްގައި ކަމަށާއި މި އެކްސިޑެންޓް ހިނގި ވަގުތުގައި ސީ ޕްލޭންގައި ފަސިންޖަރުންވެސް ތިބި ކަމަށް މައުލޫމާތު ލިބެއެވެ.
މި އެކްސިޑެންޓްގެ ސަބަބުން އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ. އަދި ސީޕްލޭންއަށް ވެސް ގެއްލުމެއް ލިބިފައެއް ނުވެއެވެ. މިހާރު އެ ސީ ޕްލޭންގައި ތިބި ފަސިންޖަރުން ވަނީ ސީޕްލޭނުން ބާލާފައެވެ.
މި ހާދިސާއާއި ގުޅިގެން ޓީ.އެމް.އޭއާއި ފުލުހުންގެ ބަހެއް ލިބިފައެއް ނުވެއެވެ.









