Search Streamline Icon: https://streamlinehq.com

ބިދޭސީ ޓީޗަރުންގެ މުސާރަ ބޮޑެއް ނުކުރޭ: އެޑިއުކޭޝަން މިނިސްޓަރ

264325 3 8941633859c903169ad83ef4b9d5da398df1ebe2 medium

މިމަހުން ފެށިގެން ޓީޗަރުންގެ މުސާރަ ބޮޑުކުރިނަމަވެސް ބިދޭސީ ޓީޗަރުންގެ މުސާރައަށް ބަދަލެއް ނާންނާނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެއެވެ.

ތައުލީމީ ދާއިރާގެ މުވައްޒަފުންގެ ބޮޑު ކުރި މުސާރައިގެ އޮނިގަނޑު އިއުލާންކުރުމަށް މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އެޑިއުކޭޝަން މިނިސްޓަރ އައިޝަތު އަލީ ވިދާޅުވީ މިމަހުން ފެށިގެން މުސާރަ ބޮޑުކޮށްފައިވަނީ ދިވެހި ޓީޗަރުންނަށް ކަމަށާއި ބިދޭސީ ޓީޗަރުންނަކީ ވަކި ކޮންޓްރެކްޓެއްގެ ދަށުން މަސައްކަތް ކުރާ ޓީޗަރުންތަކެއް ކަމަށެވެ.

އެހެންކަމުން ބިދޭސީ ޓީޗަރުންގެ މުސާރަތައް ކަނޑައަޅާނީ ދިވެހި ޓީޗަރުންނާ ތަފާތުކޮށް ކޮންޓްރެކްޓުގައިވާ ގޮތަށް ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ނިންމާފައި އޮތް ގޮތުން ޓީޗަރުންނާއި ޕްރިންސިޕަލުންނާއި އެޑިއުކޭޝަން ޑިވޮލޮޕްމަންޓް އޮފިސަރުންގެ މުސާރަ މި މަހުން ފެށިގެން ބޮޑުވާނެއެވެ. އެގޮތުން މިމަހުން ފެށިގެން ކޮންމެ ޓީޗަރަކަށް މުސާރައިގެ ގޮތުގައި މަހަކު 13،266ރ. ލިބޭނެއެވެ. އަދި ގިނަ ޓީޗަރުންނަށް މަހަކު 20،000ރ. އަށް ވުރެ ބޮޑު މުސާރައެއް ލިބޭނެއެވެ.

އޭގެ އިތުރުން އެންމެ ދަށް ރޭންކުގެ ޕްރިންސިޕަލަށް ވެސް މުސާރައިގެ ގޮތުގައި މަހަކު 30،000ރ. ލިބޭނެއެވެ. އަދި އެންމެ މަތީ ރޭންކްގެ ޕްރިންސިޕަލުންނަށް މަހަކު 35،452ރ. ގެ މުސާރައެއް ލިބޭނެއެވެ

Leave a Reply

Your email address will not be published. Required fields are marked *