Search Streamline Icon: https://streamlinehq.com

ދަތުރުކުރަމުންދިޔަ ބޯޓެއް ފަރަށް އަރައިފި

1594824495.3377

މާލެއަށް ދަތުރުކުރަމުން ދިޔަ ބޯޓެއް ޅ. ފެލިވަރު ފަރަށް އަރައިފިއެވެ.

ފުލުހުން ވިދާޅުވީ ށ. ފޯކައިދޫން ފުރައިގެން މާލެއަށް ދަތުރުކުރަމުންދިޔަ ”ފުރާގު-2“ ބޯޓު ފަރަށް އެރި ކަމުގެ ރިޕޯޓް ލިބިފައިވަނީ މިރޭ 8:31 ގައި ކަމަށެވެ.

މިބޯޓުން 130 މީހުން ދަތުރުުކުރަމުން ދިޔައިރު އޭގެތެރޭގައި އަންހެނުންނާއި ކުޑަކުދިން ހިމެނެއެވެ. އެހެންނަމަވެސް އެއްވެސް މީހަކަށް އަނިޔާއެއް ލިބުނު ކަމުގެ މައުލޫމާތެއް ނުލިބޭ ކަމަށް ފުލުހުން ވިދާޅުވިއެވެ.

ފުރާގު-2 ބޯޓް ފަރަށް އެރި ސަރަހައްދު

Leave a Reply

Your email address will not be published. Required fields are marked *