މިހާތަނަށް ރާއްޖޭގައި ހިންގާފައިވާ އެންމެ ބޮޑު ޚިޔާނާތް ކަމަށްވާ އެމްއެމްޕީއާރުސީ ގެ އެންމެ ބޮޑެތި ޚިޔާނާތްތެރިންތިބީ އެމްޑީޕީގައިކަމަށް އިދިކޮޅު ލީޑަރ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ވިދާޅުވެއްޖެއެވެ.
އެމަނިކުފާން މިހެންވިދާޅުވީ މާލެ ސިޓީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީ ވިލިމާލެ ދާއިރާގެ ބައި އިލެކްޝަން ގައި ވާދަކުރައްވާ ފާތިމަތު ނާޒިމާގެ ކެމްޕެއިން ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައެވެ.
ޔާމިން ވިދާޅުވީ އެމްޑީޕީ ވެރިކަމަށް އަންނަނި ވަރަށް އޮމާން ވާހަކަތަކެއް ދައްކައި ރައްޔިތުންނަށް ނުފުއްދޭ ވައުދުތަކެއްވަމުން ކަމަށެވެ. އެގޮތުން އެމީހުން އެންމެ ބޮޑަށް ވަކާލާތުކުރާ އެއްކަމަކީ ޒީރޯ ޓޮލެރެންސް ކަމަށެވެ. އެހެންނަމަވެސް އެކަން އަމަލުން ނުފެންނަކަމަށެވެ. އެއީ އެންމެ ބޮޑެތި ވަގުންތިބީ އެ މީހުންގެ ތެރޭގައިކަމަށްވާތީ ކަމަށެވެ.
ކޮންމެ ފަހަރަކު އެމްޑިޕީ ވެރިކަމަށް އަންނައިރު މޮމޮޅެތިވާހަކަ ދައްކާނެ. އެހެން ޕާޓީތަކުގައި ތިބީ ވަގުންކަމަށް ބުނާނެ. މިއަދު އެންމެ ބޮޑެތި ވަގުންތިބީ އެ ޕާޓީގަ. އެމްއެމްޕީއާރު ސީގެ މައްސަލަ ނުބެލިގެންވެސް އުޅެނީ އެހެންވެ. އެކަމުގައިވެސް އެންމެ ބޮޑެތި ވަގުންތިބީ މި ސަރުކާރުގައިކަމަށް ވާތީ
ރައީސް އަބްދުﷲ ޔާމީން
ރައީސް ޔާމީން އިތުރަށްވިދާޅުވީ މިސަރުކާރަށްވުރެ ބޮޑަށް ދައުލަތުގެ ޚަޒާނާއިން ވަންކަން ކުރާ ބަޔަކު ވެރިކަމަށް ނާންނަކަމަށެވެ. އަދި މި ސަރުކާރުން ރައްޓެހިންނަށް ބަދަލު ދިނުމުގެ ނަމުގައި ދައުލަތުގެ ހަޒާނާއިން ބޮޑެތި އަދަދުތަކުންދީ، ދައުލަތުގެ ޚަޒާނާ އޮޅާލާ ހުސްކޮށްފައިވާކަމަށެވެ.









