މަކަރާއި ހީލަތުގެ މައްސަލައެއްގައި ދެމީހަކު ހޯދުމުގެ މަސައްކަތް ފުލުހުން ފައްޓަވައިފިއެވެ.
ފުލުހުންގެ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުން ތަޙްޤީޤު ކުރަމުންދާ، މަކަރާއި ހީލަތުގެ މައްސަލައެއްގެ ތުހުމަތުގައި ދެ ބިދޭސީން ހޯދުމުގެ މަސައްކަތް ކުރަމުން ދާކަމުގައި ފުލުހުން ވިދާޅުވިއެވެ.
މިމައްސަލައާ ގުޅިގެން ހޯދަމުންދަނީ ބަނގުލަދޭޝް ރައްޔިތެއްކަމަށްވާ މަޙްމޫދުލް ޙަސަން (29އ) އާއި ބަނގުލަދޭޝް ރައްޔިތެއްކަމަށްވާ މުޙައްމަދު ޚައިރުލް އިސްލާމް (26އ) އެވެ.

ފުލުހުން އެދިލައްވާފައިވަނީ މިދެމީހުންނާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިލައްވާފައިވާނަމަ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓްގެ ނަންބަރު 9790048 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށެވެ.
މިފަދަ ކަންކަމުގައި އާންމު ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން މިފުރުޞަތުގައި ފާހަގަކޮށް ޝުކުރު ދަންނަވާކަމަށްވެސް ފުލުހުން ވިދާޅުވި އެވެ.









