ލާމު ޔޫތު ޑެވަލޮޕްމަންޓު (ލީޑް)ން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ އަލް މުދިޝް ލީޑް ވެޓްރަންސް ފުޓްސަލް ކަޕް 2022ގެ ފައިނަލުގައި މިރޭ ލ. މާވަށާއި ބައްދަލް ކުރާނީ ލ. ފޮނަދޫ މެދުއަވަށު ސްޕޯޓްސް ކްލަބު (އެފްއެމްއެސްސީ) އެވެ.
މިރޭ 21:00 ގައި ފެށުމަށް ހަމަޖެހިފައިވާ ފައިނަލް މެޗުގައި ބައްދަލްކުރާނީ އެފްއެމްއެސްއީ އާއި މާވަށު ޓީމެވެ.
އެފްއެމްއެސްއީ ފައިނަލަށް ދަތުރުކޮށްފައިވަނީ ސެމީފައިނަލްގައި އެމްއެންޑީއެފް ސެންޓްރަލް އޭރިއާ އާއި ބައްދަލް ކޮށް 02-12 ލަނޑުން ސެންޓްރަލް އޭރިއާ ބަލިކޮށްފަ އެވެ. މާވަށު ޓީމް ފައިލަށް ދަތުރުކޮށް ކޮށްފައިވަނީ ސެމީފައިނަލްގައި ތުނޑީ އޯލްޑް ބޯއީސް އާއި ބައްދަލްކޮށް 03-09 ލަނޑުގެ ތަފާތަކުން ކުރި ހޯދައިގެންނެވެ. ފޮނަދޫ ރަސްމީ ފުޓްސަލް ދަނޑުގައި ކުރިއަށްދާ ފޯރިގަދަ މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 10،000 ރުފިޔާގެ ފައިސާގެ އިނާމް ހުށަހަޅައިފައި ވާކަމަށް މުބާރާތް އިންތިޒާމް ކުރާފަރާތުން މައުލޫމާތު ދެއްވަ އެވެ.










