Search Streamline Icon: https://streamlinehq.com

އެމްޑީއޭ ރިޔާސީ އިންތިޚާބު ކާމިޔާބުކުރާނީ އެއްބުރުން: ސިޔާމް

Sun Siyaam

އަންނަ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރު ކާމިޔާބުކޮށް އެމްޑީއޭ ވެރިކަމަށް އަންނާނީ އިތުރު ސިޔާސީ ޕާޓީއަކާ އެކު ކޯލިޝަނެއް ހެދުމެއްނެތި ކަމަށް އެމްޑީއޭގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ދ. މީދޫ ދާއިރާގެ މެންބަރު އަޙްމަދު ސިޔާމް މުޙައްމަދު (ސަންޓްރަވަލް ސިޔާމް) ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ އެމްޑީއޭގެ ކޮންގްރެސްއަށްފަހު މީޑިއާތަކަށް މައުލޫމާތު ދެއްވަމުން އިތުރު އެއްވެސް ޕާޓީއަކާއި އެކު ކޯލިޝަން ހަދަން ނުޖެހޭ ސަބަބު ވިދާޅުވަމުންނެ ވެ.

އެމަނިކުފާނު ވިދާޅުވީ މި ޤައުމުގައި މިހާރު ހިނަގަމުން މިދާ ރިޔާސީ ނިޒާމުގެ ސަބަބުން ވެރިކަން ހިންގުމުގައި ރައްޔިތުންގެ ސިދާ ބައިވެރިވުން އޮންނަކަމަށާއި، އެމްޑީއޭގެ ވެރިކަމެއްގައިވެސް ރާއްޖޭގެ ވެރިކަމުގެ ނިޒާމަށް ބަދަލު ނުގެންނަވާނެ ކަމުގައެވެ.  އަދި ރިޔާސީ ނިޒާމަކީ ޗެކް އެންޑް ބެލެންސް ނިޒާމެއް ކަމަށް ވެސް ސިޔާމް ވިދާޅުވި އެވެ.

ސިޔާމް ވިދާޅުވީ އެބޭފުޅުންނަކީ ދިވެހި ރައްޔިތުންނަށް ކިހާ ފައިސާއެއް ދޭ ބައެއްކަމާއި، ދިވެހިރާއްޖޭގަ އެންމެ ގިނައިން ފައިސާ ދޭ ބައެއްގެ ގޮތުގައި ދިވެހި ދައުލަތަށް އާސަންދަ އާއި އަދި އެހެނިހެން ކަންތައްތައް ކުރުމަށް ދިވެހި ދައުލަތަށް ފައިސާ ދޭ އެއް ބަޔަކީ އެބޭފުޅުންކަމަށްވެސް ސިޔާމް ވިދާޅުވި އެވެ.

އެމްޑީއޭގެ ރައީސް ސަން ސިޔާމް ވިދާޅުވީ މިފަދަ ނާޒުކު ފައްތަރެއްގައި ދިވެހިރާއްޖޭގެ އިގްތިޞާދު އޮތް ދަނޑިވަޅެއްގައި ރައްޔިތުންގެ ފައިސާއިން ބޮޑު ހޭދައެއް ކޮށްގެން ނިޒާމާ ގުޅޭ ވޯޓެއް ނެގުމަކީ އެއްވެސް ބޭނުންތެރި ކަމެއް ނޫން ކަމުގަ އެވެ.

Leave a Reply

Your email address will not be published. Required fields are marked *