Search Streamline Icon: https://streamlinehq.com

ޕީޕީއެމްގެ ދާއިރާތަކަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި

PPM fenvaruonline

ރާއްޖޭގައި އޮތް އިދިކޮޅު އެއްމެބޮޑު ސިޔާސީ ޕާޓީކަމުގައިވާ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ ދާއިރާތަކަށް ކުރިމަތިލުމަށް ކުރިން ދީފައި އޮތް މުއްދަތު އިތުރުކޮށްފި އެވެ.

ޕީޕީއެމް އިން މައުލޫމާތު ދެއްވިގޮތުގައި ޕީޕީއެމްގެ އިދާރީ ދާއިރާތަކުގެ ރައީސުންނާއި, ނައިބު ރައީސުންގެ އިތުރުން، ޒުވާނުންގެ ރައީސްއާއި، އަންހެނުންގެ ރައީސާ ކަމަށް ކުރިމަތިލުމުގެ މުއްދަތު މިމަހުގެ 24 ވަނަ ދުވަހުގެ ހަވީރު 4:00 އަށް ހަމަވުމުގެ ކުރިން އަންނަ ސެޕްޓެމްބަރު މަހުގެ 08 ވާ ބުރާސްފަތި ދުވަހުގެ 16:00 އަށް ވަނީ  އިތުރު ކުރައްވާފައެވެ.

ޕީޕީއެމް އިން މައުލޫމާތު ދެއްވި ގޮތުގައި އެ ޕާޓީގެ އެތެރޭގެ އިންތިޚާބުތަކަށް ހުރިހައި ދާއިރާއަކުންވެސް ވަރަށް ގިނަ މެންބަރުންގެ ތަރުހީބު އަންނަނީ ލިބެމުންނެވެ. އަދި އެތެރޭގެ އިންތިޚާބު ތަކުން ވާދަވެރިކަން ފެނުމަކީ ޕާޓީއަށް ލިބޭ އިތުރު ކުރިއެރުމެއްކަމަށްވެސް ޕީޕީއެމް އިން މައުލޫމާތު ދެއްވަ އެވެ.

ޕީޕީއެމް އިން މައުލޫމާތު ދެއްވި ގޮތުގައި އެ ޕާޓީގެ ދާއިރާތަކުގެ އިންތިޚާބުގެ ވޯޓުލުން އޮންނާނީ އަންނަ ނޮވެންބަރު މަހުގައި ކަމަށްވެސް ޕީޕީއެމް އިން މައުލޫމާތު ދެއްވަ އެވެ.

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *