ޒުވާނަކު ގެއްލިގެން ހޯދަން ފަށާފައިވާ ކަމަށް ފުލުހުން ހާމަކުރައްވައިފި އެވެ.
ފުލުހުން ހާމަކުރެއްވި ގޮތުގައި ގެއްލިގެން ފުލުހުން ހޯދަމުންދާ ޒުވާނާ ގެއްލިފައިވަނީ އައްޑޫ ސިޓީ ހިތަދޫ އިން ކަމަށް ފުލުހުންގެ އިދާރާއިން ވަނީ ހާމަކުރައްވާފަ އެވެ.
ފުލުހުން ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ އައްޑޫސިޓީ ހިތަދޫ އިން ގެއްލިގެން ފުލުހުން ހޯދަމުންގެންދަވަނީ ގެއްލިގެން ހޯދަމުދާ އައްޑޫ ސިޓީ ހިތަދޫ ޢުބައިދުﷲ ޙަސަން ނަމަކަށް ކިޔާ އުމުރުން 28 އަހަރުގެ ދިވެހި ޒުވާނެއް ކަމުގަ އެވެ.
އޭނާ ގެއްލިގެން ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ ސެޕްޓެމްބަރު މަހުގެ 29 ވަނަ ދުވަހުގެ 08:00 ގައި ކަމަށާއި، އޭނާ އެންމެ ފަހުން އޭނާ ފެނުނުއިރު ލައިގެން ހުރީ ސޯޓަކާއި ޓީޝާޓެއް ކަމަށްވެސް ފުލުހުން ވަނީ ހާމަކުރައްވާފަ އެވެ.
ފުލުހުން ވިދާޅުވީ އެންމެ ފަހުން ޢުބައިދުﷲ ފެނިފައިވަނީ ސެޕްޓެމްބަރު މަހުގެ 27 ވަނަ ދުވަހުގެ 08:00 ގައި ހިތަދޫ ގުރައިޝާމަންޒިލް ގެ ކައިރިން ކަމުގަ އެވެ.
ޢުބައިދުﷲ އާ ބެހޭ އެއްވެސް މައުލޫމާތެއް އެނގިލައްވާ ފަރާތެއް ވާނަމަ އައްޑޫ ސިޓީ ހިތަދޫ ޕޮލިސް ސްޓޭޝަން ނަންބަރު 9791612 އަށް ގުޅުއްވުމަށްވެސް ފުލުހުން ވަނީ އިލްތިމާސްކުރައްވާފަ އެވެ.
އަޕްޑޭޓް (އޮކްޓޯބަރ 03، 00:50): އުބައިދުﷲ ހަސަނާ ފުލުހުންނަށް މިހާރު ވަނީ ގުޅިފައި. އޭނާގެ ހާލު ރަނގަޅު އަދި އޭނާ މިވަގުތު ހުރީ މަސްދޯންޏެއްގައި.
— Maldives Police (@PoliceMv) October 2, 2022
ޕޯސްޓް ރީޓްވީޓް ކޮށްދެއްވި އެންމެހައި ފަރާތްތަކަށް ޝުކުރު ދަންނަވަން. https://t.co/8IvwDe7fUe
އައްޑޫ އިޓީ ހިތަދޫ އަށް ނިޞްބަތްވާ ޢުބައިދުﷲ ގެއްލިފައިވާކަން ފުލުހުން ހާމަކުރައްވާފައި ވާއިރު ނިމިދިޔަ ސެޕްޓެމްބަރު މަހުގެ 19 ވަނަ ދުވަހު ހުޅުމާލެ ދެވަނަ ފިޔަވަހިން ޒުވާނަކު ގެއްލިގެން ފުލުހުންނަށް ވަނީ ރިޕޯޓު ކޮށްފަ އެވެ.
ނަމަވެސް އެ ޒުވާނާ ފެނިފައިވަނީ މިއަދު ހަވީރުގެ ވަގުތެއްގައި ހުޅުމާލޭގެ ވޯޓާ ތީމް ޕާކް ކުރިމަތީގައި އޮންނަ ހުސްބިމުންކަމަށް ފުލުހުން ވަނީ ވިދާޅުވެފަ އެވެ. އަދި އޭނާގެ ހަށިގަނޑު ފެނުނުއިރު އޮތީ މަރުވެފައިކަމަށާއި، ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް ރާއްޖެއިން ބޭރަށް ގެންދިއުމުގެ މަސައްކަތް ކުރަމުން އަންނަކަމަށްވެސް ފުލުހުން ވަނީ ވިދާޅުވެފަ އެވެ.









