Search Streamline Icon: https://streamlinehq.com

އިންސާނުން އަގު ކުރާނީ ކިހިނެއް؟

Dheenee Vaahaka Macca fenvaruonline

ހިސާބު ޢިލްމަށް މަޝްހޫރު ޢިލްމުވެރިއެއް ކަމަށް ވާ الخوارزميއާ ސުވާލު ކުރެވުނެވެ. އިންސާނުން އަގު ކުރާނީ ކިހިނެއް ހެއްޔެވެ؟ ޖަވާބުގައި ވިދާޅުވިއެވެ.

އަޚްލާޤަށް 1 އެވެ. ބުރުސޫރަ ރީތި ނަމަ ސުމެއް އިތުރު ކުރާށެވެ. އޭރުން އެވީ 10 އެކެވެ.

ނަސަބު މޮޅު ނަމަ އަނެއްކާވެސް ސުމެއް އިތުރު ކުރާށެވެ. އޭރުން އެވީ 100 އެވެ. ފައިސާވެރި ނަމަ އަނެއްކާވެސް ސުމެއް އިތުރު ކުރާށެވެ. އޭރުން އެވީ 1000 އެވެ.

ޢިލްމުވެރި ނަމަ އަނެއްކާވެސް ސުމެއް އިތުރު ކުރާށެވެ. އޭރުން އެވީ 10000 އެވެ. ދީންވެރި ނަމަ އަނެއްކާވެސް ސުމެއް އިތުރު ކުރާށެވެ. އޭރުން އެވީ 100000 އެވެ.

މިއިން އެއްވެސް ކަމެއް މަދު ނަމަ، އެ މަދުވާ ކަމަކަށް ސުމެއް އުނި ކުރާށެވެ. އަޚްލާޤު ފިޔަވައެވެ. އަޚްލާޤު ނެތް ނަމަ 1 ފޮހެލާށެވެ.

އަޚްލާޤުގެ އެކެއް ނެތިއްޖެއްޔާ ދެން ބާކީ ހުރި ސުންތައް ކިތައްމެ ގިނަޔަސް އޭގެ އަގެއް ނެތެވެ.

އަޚްލާޤު ނެތް އިންސާނެއްގެ އަގެއް ނެތެވެ.

Leave a Reply

Your email address will not be published. Required fields are marked *


ގުޅުންހުރި