އެމްއެންޑީއެފުން ސެކިއުރިޓީއާއެކު ރާއްޖޭގައި ޝިރުކުގެ ބޮޑު އަމަލެއް ހިންގައިފި ކަމަށް ވިދާޅުވެ ޝައިޚް އާދަމް ނިޝާން ވީޑިއޯއެއް ޢާންމު ކުރައްވައިފިއެވެ.
ޝައިޚް އާދަމް ނިޝާން ރޭ ކުރެއްވި ޓްވީޓެއްގައި ބުނެފައިވަނީ އިއްޔެ ހެދުނު ހުޅުމާލޭގައި އެމްއެންޑީއެފުން ހިމާޔަތް ދީގެން ހިންދީ ދީނުގެ ޔޯގާ ޙަރަކާތުގެ އެންމެ ބޮޑު ޝިރުކު ހިމެނޭ ”ސޫރިޔާ ނަމަސްކާރު – ސަން ސެލިއުޓޭޝަން“ ހެދުމަށް، ފުރުޞަތު ދީފައިވާ ކަމަށެވެ. މިޓްވީޓާއެކު ޝައިހް ނިޝާން ވަނީ ވީޑިޔޯއެއް އާންމުކޮށްފައެވެ.
މިއީ މިއަދު ހެނދުނު MNDF އިން ސެކިއުރިޓީއާއި ޙިމާޔަތް ދީގެން ހުޅުމާލޭގައި، ހިންދީ ދީނުގެ ޔޯގާ ޙަރަކާތުގެ އެންމެ ބޮޑު ޝިރުކު ހިމެނޭ "ސޫރިޔާ ނަމަސްކާރު – ސަން ސެލިއުޓޭޝަން" ހެދުމަށް، މި ފަސްގަނޑުގައި ފުރުޞަތު ދީފައިވާ ތަން.#YogaIsShirk#NO2YOGA #IndiaOut
— Adam Nishan Ibn Ali Adam (@adamnishanali) November 12, 2022
1/4 pic.twitter.com/fSIHrM7Sg4
މިވީޑިޔޯއިން ފެންނަ ގޮތުގައި ހުޅުމާލޭ ތޮށިގަނޑު މަތީގައި މީހަކު މޫދާ ވީ ފަރާތަށް ކުރިމަތިލައިގެން އިދެ ޔޯގާގެ ހަރަކާތް ކުރިޔަށް ގެންދައެވެ. އަދި ސެކިއުރިޓީ ގާޑުން ތަންކޮޅެއް ދުރުގައި ތިބި މަންޒަރު ވެސް ފެނެއެވެ.
ރާއްޖެ ކަހަލަ މުސްލިމް ޤައުމެއްގެ ފަސްގަނޑުން މިފަދަ ޝިރުކުގެ އަމަލުތައް ހިންގަމުންދާތީ ޝައިހް ނިޝާން ވަނީ އެކަމާ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި މިފަދަ އަމަލުތަކަކީ ދީނީ ގޮތުން ހުއްދަ އަމަލުތަކެއް ނޫންކަމަށް ޝައިހް ވަނީ ވިދާޅުވެފައެވެ.
އެހެން ދީންތަކުގެ މިފަދަ ޝިރުކުގެ ޢަމަލުތައް ކުރުމަށް ފުރުސަތު ދިނުމަކީ ޤާނޫނީ ގޮތުން ވެސް މަނާކުރެވިފައިވާ ކަމެއްކަން ޝެއިޚް ނިޝާން ފާހަގަކުރެއްވިއެވެ. އަދި ދިވެހި ސިފައިންނާއި ފުލުހުންގެ މައްޗަށް ދީނީގޮތުންނާއި ޤާނޫނީ ގޮތުން ވާޖިބުވެ ލާޒިމްވެގެންވަނީ މިފަދަ ކަންކަން ހުއްޓުވުންކަމަށްވެސް ޝެއިޚް ނިޝާން ވިދާޅުވިއެވެ.
މީގެއިތުރުން ދިވެހި ފުލުހުންގެ ހިމާޔަތުގައި މިފަދަ ޝިރުކުތައް ކުރުމަށް ފުރުސަތުދީ އެ ތަންތަނުގެ ސެކިއުރިޓީ ބަލަހައްޓައި ހިމާޔަތްދީ ހަދާ މީސްތަކުން މާދަމާ އެ މުޝްރިކުންނާއި ޝިރުކުގެ ޢަމަލުތަކާއެކު މަޙްޝަރު ވާން ބޭނުންވަނީތޯ އާއި ތިމަންމެން އެކަން ކުރީ ތިމަންމެންގެ ވެރީންނާއި ބޮޑުން އަންގައިގެނޭ ބުނެ ސަލާމަތްވާނޭ ކަމަށް ހީކުރަނީތޯ ވެސް ޝައިހް ނިޝާން ވަނީ ސުވާލު ކުރައްވައިފައެވެ.










1 ކޮމެންޓް
އިސްލާމްދީނގެ މަތިވެރި މާތް ރަޙުމަތުގައި ތިބި ބަޔަކު މިފަދަ ކަންކަން ކުރުވަން މަގުފަހިކޮށްދޭ ނަމަ އެއީ ދެދުނިޔޭގައިވެސް ﷲ ގެ ކޯފާއާ ކުރިމަތިލާން ޖެހިދާނެ ބިރުވެރި ކަމެއް.