Search Streamline Icon: https://streamlinehq.com

ރައީސް ނަޝީދު އެކުވެރިންނަށް ދޫކުރި ރަށްތަކުގެ ލިސްޓެއް އާންމުވެއްޖެ

Big bFnyj4B4ATn9pn1rhp8rnicF7

ރައްޔިތުންގެ މަޖިލީހުގެ ރައީސް, ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އެމަނިކުފާނުގެ އެކުވެރިންނަށް ދޫކޮށްފައިވާ ރަށްތަކުގެ ލިސްޓެއް އާންމުކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އައްޑޫ ސިޓީ މީދޫ ދާއިރާގެ މެންބަރު ރޮޒޭނާ އާދަމް ވިދާޅުވި ގޮތުގައި ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވަނީ އެމަނިކުފާނުގެ ވެރިކަމުގައި، އެމަނިކުފާނުގެ ރަޙްމަތްތެރިންނަށް ފަޅުރަށްތައް ދޫކުރައްވާފައެވެ. އެގޮތުން ރައީސް ނަޝީދުގެ ވެރިކަމުގައި ދޫކުރައްވާފައިވާ ތަފާތު ރަށްރަށާއި އެ ރަށްރަށުގައި ކުރާ މަސައްކަތްތައްވެސް ރޮޒޭނާ ވަނީ ހާމަކުރައްވާފައެވެ.

”ހަސަން ކުރުސީ“ ކިޔާ މީހަކު ކުރި ޓްވީޓަކަށް ރައްދު ދެއްވަމުން ރޮޒޭނާ ވިދާޅުވަނީ އެނަމުގައި ޓްވީޓް ކުރަމުން ގެންދަވަނީ ރައީސް ނަޝީދު ކަމުގައެވެ. އަދި އެމަނިކުފާނަކީ ވެރިކަމާއި ހެދި ތެޅޭ މީހެއް ކަމަށާއި ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ރަށްތައް ބިޑަކާއި ނުލައި ރަހުމަތްތެރިންނަށް ބަހާލާފައިވާކަމުގަ އެވެ.

ހަސަން ކުރުސީ އެކައުންޓުގައި މިއަދު ބުނެފައިވަނީ އެމްޑީޕީ އެތެރޭގައި ދެ ފެކްޝަނެއް އެބައޮތް ކަމަށެވެ. އެގޮތުން ކޮރަޕްޝަނާއި ދުރު ފެކްޝަން ހިންގަވަނީ ރައީސް މުހައްމަދު ނަޝީދު ކަމަށެވެ. އަދި ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް އެމްޑީޕީގައި ހިންގަވާ ފެކްޝަނުގެ ޗިއާ ލީޑަރީ ރޮޒޭނާ ކަމަށެވެ.  

މި ލިސްޓާ ގުޅޭގޮތުން ރައީސް ނަޝީދު އަދި ރަސްމީކޮށް އެއްވެސް އެއްޗެއް ވިދާޅެއްނުވެއެވެ. 

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *