Search Streamline Icon: https://streamlinehq.com

ދަރިވަރުންނަށް އަނިޔާކުރި ޓީޗަރު ސަސްޕެންޑްކޮށްފި: އެޑީއުކޭޝަން މިނިސްޓްރީ

53793197 334450523853009 4139979303725039616 n

މ. އަތޮޅުގެ ސްކޫލެއްގައި ދަރިވަރުންތަކަކަށް އަނިޔާކުރި ޓީޗަރެއް ސަސްޕެންޑް ކޮށްފިކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

މީޑީޔާއަށް މައުލޫމާތު ދެއްވަމުން އެޑިއުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ އަހުމަދު އަލީ ވިދާޅުވީ ދަރިވަރުންތަކަކަށް ޓީޗަރަކު އަނިޔާކުރިކަމުގެ ރިޕޯޓް ރޭ ލިބިފައިވާ ކަމަށާއި އެޓީޗަރު މިހާރު ސަސްޕެންޑްކޮށްފި ކަމަށެވެ.

މިނިސްޓްރީން ބުނާގޮތުގައި ޓީޗަރު ކުރި އަނިޔާގެ ސަބަބުން ދަރިވަރަކަށް ޖިސްމާނީ އަނިޔާވެސް ލިބިފައިވެއެވެ. މައުލޫމާތު ލިބޭ ގޮތުގައި ކުދިންނަށް އަނިޔާ ކުރީ އެރަށު ސްކޫލުގެ ފިޒިކްސް ކިޔަވައިދޭން އުޅޭ ޓީޗަރެކެވެ.

އެހެންކަމުން ފުލުހުންނާއި ގުޅިގެން އެ މައްސަލަ އެޑިއުކޭޝަން މިނިސްޓްރީން ދަނީ ބަލަމުންނެވެ.

މި މަހުގެ 10 އިން 12 ވަނަ ދުވަހު ނިޔަލަށް ރެހެންދި ސްކޫލްގައި ބޭއްވި ކެޑޭޓް ކޭމްޕެއްގައި ބައިވެރިވި އަންހެން ދަރިވަރުން، އަންހެންކުދިންގެ ފާހާނާ ބަރި ކައިރިއަށް އެއްކޮށް އެ ކުދިންގެ އަންޑަގާމެންޓްސް ފިޔަވައި ލައިގެން ހުރި ހެދުން ކުދިންގެ ތެރޭގައި ބާލަން އަންހެން އިންސްޓްރަކްޓަރަކު އަންގާފައިވާ ކަމަށާއި ގިނަ ކުދިން އެއްޗެހި ބާލަން އިންކާރުކުރުމުން ވެސް އެކަން ކުރަން މަޖުބޫރު ކުރުވި ކަމަށް ބެލެނެވެރިޔަކު ވަނީ މީޑީޔާއަށް މައުލޫމާތު ދީފައެވެ. އެހެންނަމަވެސް އެޑިއުކޭޝަން މިނިސްޓްރީން ވަނީ އެކަން ދޮގުކޮށްފައެވެ.

މިކަހަލަ އަމަލުތަކުގެ ސަބަބުން ދަރިވަރުންނަށް ޖިސްމާނީ އަދި ނަފްސާނީ އަނިޔާތައް ދަނީ ލިބެމުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *