Search Streamline Icon: https://streamlinehq.com

އަޝްރަފް އަލީގެ ބަރަހަނާ ފޮޓޯއެއް ކަމަށް ބުނެ ފޮޓޯ ލީކްކުރި މައްސަލަ ބަލަން ރައީސް އޮފީހުން ނިންމައިފި

Miuvan 850x548

މިނިސްޓަރ އޮފް ހޯމް އެފެއާޒްގެ ނައިބު އަޝްރަފް އަލީގެ ފޮޓޯއެއް ކަމަށް ބުނެ ލީކުކޮށްފައިވާ ފޮޓޯގެ މައްސަލަ ބައްލަވާނެ ކަމަށް ރައީސް އޮފީހުން ވިދާޅުވެއްޖެއެވެ.

ޓްވިޓާގައި އެމްޑީ އަލަމްގީރުގެ ނަމުގައި ހުޅުވާފައިވާ އެކައުންޓަކުން އިއްޔެ ވަނީ ބަރަހަނާ ފޮޓޯއެއް ލީކުކޮށްފައެވެ. އަދި އެފޮޓޯއަކީ އިއްޔެ މިނިސްޓަރ އޮފް ހޯމް އެފެއާޒްގެ ނައިބުގެ މަޤާމަށް އައްޔަން ކުރެއްވި ދިވެހި ބަހުގެ އެކަޑެމީގެ ކުރީގެ ރައީސް އަޝްރަފް ޢަލީގެ ފޮޓޯއެއް ކަމަށް ވަނީ ބުނެފައެވެ.

މިމައްސަލައާއި ގުޅިގެން މިއަދު ރައީިސް އޮފީހުން ވަނީ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާފައެވެ. މިބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުޙައްމަދު ވިދާޅުވީ ދައުލަތުގެ މަޤާމުތަކަށް ބޭފުޅުން އައްޔަން ކުރެއްވުމުގެ ކުރީގައި އެ ބޭފުޅުންގެ ކުށުގެ ރެކޯޑެއް އޮތްތޯ ބަލާނެ ކަމަށާއި މައްސަލައެއް އޮތްކަމަށްވާނަމަ މަޤާމަށް އައްޔަން ނުކުރައްވާނެ ކަމަށެވެ.

އެހެންނަމަވެސް މިފަދަ މައްސަލައެއް ފެންމަތިވުމުން އެމައްސަލަ ބަލާނެ ކަމަށް ރައީސް އޮފީހުން ވަނީ ބުުނެފައެވެ.

ލީކުވި ފޮޓޯއާއި ބެހޭގޮތުން އަޝްރަފް އަލީ ވިދާޅުވީ އެއީ އޭނާގެ ފޮޓޯއެއް ނޫން ކަމަށާއި އެއީ ފޭކު ފޮޓޯއެއް ކަމަށެވެ.

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *