މާލޭ ވެސްޓް ޕާކާއި ދިމާ މޫދުން ދޯޏެއް ބަންޑުން ގޮސްގެން ސިފައިން ހަރަކާތްތެރިވާން ފަށައިފިއެވެ.
އެމްއެންޑީއެފުން ބުނީ ވެސްޓް ޕާކާއި ދިމާލުން ބޭރުން ދޯޏެއް ބަންޑުން ގޮސްގެން އެމްއެންޑިއެފަށް ރިޕޯޓް ކުރުމާއި ގުޅިގެން އެހީތެރިކަން ފޯރުކޮސްދިނުމަށް ކޯސްޓްގާޑުން މަސައްކަތް ފަށާފައިވާކަމަށެވެ.
ދޯންޏާއި ގުޅޭ، އަދި ހާދިސާ އާއި ގުޅޭ އިތުރު ތަފްސީލެއް އެމްއެންޑިއެފުން ހާމައެއް ނުކުރެއެވެ.









