Search Streamline Icon: https://streamlinehq.com

ރިޝްވަތާ، ކޮރަޕްޝަންގެ ޢަމަލުތަކަކީ އެމްޑީޕީން އަބަދުވެސް ކަންބޮޑުވާ ކަންތައްތަކެއް: ރައީސް ނަޝީދު

Raees Nasheed 2023 fenvaruonline

ރިޝްވަތުގެ ފައިސާ އާއި ކޮރަޕްޝަންގެ ޢަމަލުތަކަކީ އެމްޑީޕީން އަބަދުވެސް ކަންބޮޑުވާ ކަންތައްތަކެއް ކަމުގައި ރައްޔިތުންގެ މަޖިލިހީހުގެ ރައީސް، އަދި އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްއާއި ރައީސް ނަޝީދުއާ ދެބޭފުޅުން ވާދަވެރިކަމާއި އެކު ކުރިއަށް ގެންދަވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ކެމްޕެއިންގެ ދަތުރުތައް ދެބޭފުޅުންވެސް ވަނީ އަތޮޅުތަކަށް ފައްޓަވާފައެވެ. ރައީސް ނަޝީދު އަތޮޅުތަކަށް ކުރައްވާ ދަތުރުފުޅުތަކުގެ ތެރެއިން އއ. ހިމަންދޫގައި މިއަދު ހަވީރު ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ރިޝްވަތުގެ ފައިސާ އާއި ކޮރަޕްޝަންގެ ޢަމަލުތަކަކީ އެމްޑީޕީ އަބަދުވެސް ކަންބޮޑުވާ ކަންތައްތަކެއް ކަމުގަ އެވެ.

”އަޅުގަނޑުމެންނަށް އެބަ އެނގޭ ތަރައްޤީއަށް އެޅޭ އެންމެ ބޮޑު ހުރަހަކީ ރިޝްވަތު ވައްކަން، ޚިޔާނަތް، މާތް ރަސްކަލާނގެ ނަހީކުރަށްވާފައިވާ އެންމެހާ ކަންކަން.“ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު ވިދާޅުވީ މަހުގެ އަގު އުފުލުމާއި، ތަކެތީގެ އަގު ދަށްވުމާއި، ޓެކްސްތައް ބޮޑުވިޔަ ނުދިނުމަށް ބޭނުންވުމަކީ އެމްޑީޕީގެ ވިސްނުމެއް ކަަމުގަ އެވެ.

ދިވެހިން އެދޭ ބަދަލާއި ކާމިޔާބީއަކީ އާންމު ހާލަތު ރަނގަޅުވުން ކަމަށާއި އިއްޔެ ޖީބަށް ލިބުނު އެއްޗަކަށްވުރެ މިއަދު ރަނގަޅު އެއްޗެއް ލިބުމާއި ތަނަވަސްކަންމަތީގައި ދިރިއުޅެވޭނެ ގޮތްވުމަކީ އެމްޑީޕީއާއި، އެމަނިކުފާނުވެސް އެދިލައްވާ ގޮތްމަކަށްވެސް ވިދާޅުވި އެވެ. އަދި އެކަމަށްޓަކައި އެމްޑީޕީގެ އުސޫލުތަކާއި ހަމަތައް ހިފަހައްޓަންޖެހޭ ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވި އެވެ.

ރައީސް މުޙައްމަދު ނަޝީދު ވިދާޅުވީ ރައްޔިތުންގެ ވެރިކަމެއް ކުރަން އޮތް މަގަކީ އެމްޑީޕީން ހޯދާފައިވާ އަދި ދަސްކޮށްފައިވާ މަގެއް ކަމުގަ އެވެ. އަދި އެމަގުން ނޫން ގޮތަކަށް އެމަނިކުފާނު ދަތުރު ނުކުރައްވާނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވި އެވެ.

Leave a Reply

Your email address will not be published. Required fields are marked *