Search Streamline Icon: https://streamlinehq.com

ވެރިފަރާތް 100 މިލިއަން ރުފިޔާއިންް ޖޫރިމަނާ ކޮށްފި

Farah eri baaju

މިދިޔަ އަހަރުގެ ޖުލައިމަހުގެ ތެރޭގައި މާލެ އަތޮޅު ވާވެއްދި ފަރަށް އެރި ބާޖާއި ޓަގުގެ ވެރިފަރާތް 100 މިލިއަން ރުފިޔާއިންް ޖޫރިމަނާ ކޮށްފި އެވެ.

އެންވާރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ނިމިދިޔަ 2022 ވަނަ އަހަރުގެ ޖުލައިމަހުގެ 23 ވަނަ ދުވަހު ”އޭއެމް އާގަމް“ ނަމަކަށް ކިޔާ ބާޖަކާއި އަދި ”އޭއެމް އަލްޕިޓް“ ނަމަކަށް ކިޔާ ޓަގެއް ކ. ވާވެއްދި ފަރަށް އެރުމުން އެ ދެ އުޅަނދުގެ ވެރިފަރާތް ޖޫރިމަނާކުރީ ފަރަށް ލިބިފައިވާ ގެއްލުންތައް ބެލުމަށް ފަހުގައި ކަމުގައެވެ. އަދި އެ ބާޖާއި ޓަގުގެ ވެރިފަރާތް ކަމުގައިވާ ދި މިޑްލްއީސްޓް މެރިން އެލްއެސްސީ 100 މިލިޔަން ރުފިޔާއިން ޖޫރިމަނާކޮށް 30 ދުވަހުގެ ތެރޭގައި އެފައިސާ ދައްކައި ޚަލާސް ކުރުމަށް މިދިޔަ އާދީއްތަ ދުވަހު އަންގާފައިވާނޭ ކަމަށްވެސް އީޕީއޭގެ ބަޔާނުގައި ބުނެފައި ވެއެވެ.

އީޕީއޭގެ ބަޔާނުގައި ބުނެފައިވާގޮތުގައި 23 ޖުލައި 2022 ވަނަ ދުވަހު ބާޖާއި ޓަގު އެރުމުން ވާވެއްދި ފަރަށް ލިބިފައިވާ ގެއްލުންތައް ބަލާފައިވަނީ މިދިޔަ އޯގަސްޓްމަހުގެ ތެރޭގަ އެވެ. އަދި ފަރަށް ލިބުނު ގެއްލުންތައް ބަލަން އުޅަނދުތަކުގެ ވެރިފަރާތުން ކުރި ސާވޭގައި އެ ޖެންސީން ވަނީ އޮބްޒާވްކުރައްވާފަ އެވެ .

ސަރވޭ ތަކުން އެނގުނު ގޮތުގައި ފަރުގެ 3926 އަކަމީޓަރުގެ ސަރަހައްދަކަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. އެ ސާވޭތަކުން އެނގުނު ގޮތުގައި މި ފަރަށް ލިބުނުގެ ގެއްލުމުގެ އަގު 148 މިލިޔަން ރުފިޔާއަށް  އަރައެވެ. ނަމަވެސް ޤާނޫނު ނަންބަރު 4/93 ގެ ދަށުން ޖޫރިމަނާގެ ގޮތުގައި ކަނޑައެޅެން އޮންނަ އެއްމެ ބޮޑު ޢަދަދަކީ 100 މިލިއަން ރުފިޔާ ކަމައްވާތީ އެ ޢަދަދުން ޖޫރިމަނާ ކޮށްފައިވާކަމަށްވެސް އީޕީއޭގެ ބަޔާނުގައި ބުނެފައިވެއެވެ.

Leave a Reply

Your email address will not be published. Required fields are marked *