Search Streamline Icon: https://streamlinehq.com

އަނެކާއަށް މަޢާފްކުރުމާއި އެކަމުގެ ސިއްޙީ ފައިދާ- ފުރަތަމަ ބައި

Vaahaka fenvaruonlinr

ކީރިތި ޤުރުއާނުގައި ބަޔާންކުރައްވާފައިވާ އިސްލާމި އަޚްލާޤުގެ ތެރޭގައި ހިމެނޭ ސިފަތަކުގެ ތެރެއިން އެއްސިފައަކީ މަޢާފްކުރުމެވެ.


ޢަފޫކުރެއްވުމުގައި ހިއްޕަވާށެވެ! (އެބަހީ، މީސްތަކުންނަށް ލުއި ފަސޭހަގޮތުގައި ހިއްޕަވާށެވެ!) (7:199)
އަދި އެހެން އާޔަތެއްގައި މާތްﷲ ވަޙީކުރައްވާފައިވަނީ މިފަދައިންނެވެ.


ތިއަބައިމީހުންގެ ތެރެއިން، ދީލަތިކަމާއި، ތަނަވަސްކަމުގެ ވެރީން، ގާތްތިމާގެ މީހުންނަށާއި، މިސްކީނުންނަށާއި، މާތްﷲގެ މަގުގައި ހިޖުރަކުޅަ މީހުންނަށާއި، (ތިމާމެންގެ ތަނަވަސްކަމުގެތެރެއިން ނުދިނުމަށް ހުވާނުކުރާހުށިކަމެވެ. އަދި، އެބައިމީހުން، ޢަފޫކޮށް މާފުކުރާ ހުށިކަމެވެ. ތިޔަބައިމީހުންނަށް މާތްﷲ، ފާފަފުއްސަވާ އަފޫކުރައްވާކަށް ތިއަބައިމީހުން ނޭދެމުހޭ؟ މާތްﷲ އީ، ފާފަފުއްސަވާ، ރަޙްމަތްލައްވާ ރަސްކަލާންގެއެވެ. (24:22)


ޤުރުއާނުގައި އަންގަވާފައިވާ އަޚްލާޤީ ސިފަތަކަށް ތަބަޢަނުވާ މީހުންނަށް އެނެކާއަށް މަޢާފްކުރުމަކީ ވަރަށް އުނދަގޫ ކަމެކެވެ. އެހެނީ އެފަދަ މީހަކީ ކުރެވޭ ކުޑަކުޑަކުށަކުން އޭނާގެ ރުޅި އޭނާއަށް ކޮންޓްރޯލްކުރުމަށް އުނދަގޫވާނެ މީހެކެވެ. އެހެނަސް މަޢާފް ކުރުމަކީ މާތްﷲ އަށް ފުރިހަމަގޮތުގައި އީމާންވެގެންތިބި މީހުންނަށް އެންމެ ރަނގަޅުގޮތްކަމުގައި އެކަލާންގެވަނީ އަންގަވާފައެވެ.


ނުބައިކަމެއްގެ ޖަޒާއަކީ އެފަދަ ނުބައިކަމެކެވެ. ފަހެ އޭނާއަށް ނުބައިކަމެއްކޮށްފި މީހާގެ ކިބައިން ޢަފޫކޮށް ޞުލްޙަވެރިވެގަތް މީހާގެ ޖަޒާވަނީ މާތް ﷲގެ ހަޟްރަތުގައެވެ. ހަމަކަށަވަރުން ޟުލްމުވެރި އަނިޔާވެރީންދެކެ އެކަލާންގެ ރުހިވޮޑިގެނެއްނުވާނެތެވެ. (42:40)


އޭ އީމާންވީމީސްތަކުންނޭވެ. ހަމަކަށަވަރުން ތިޔަބައިމީހުން އިނދެގެންއުޅޭ މީހުންނާއި ތިޔަބައިމީހުންގެ ދަރީންގެ ތެރޭގައި ތިއަބައިމީހުންގެ ދުޝްމަނުންވެއެވެ. ފަހެ އެމީހުންނަށް ރައްކައުތެރިވެތިބޭށެވެ. އަދި، (އެމީހުންނަށް) ޢަފޫކޮށް މަޢާފުދީ ކުށުގެ މަތިން ހިތް ރަނގަޅުކޮށްފިނަމަ ފަހެ ހަމަކަށަވަރުން މާތް ﷲއީ ފާފަފުއްސަވާ ރަޙީމުވަންތަ ކަލާނގެއެވެ. (64:14)

އަދި މަޢާފުކުރުމަކީ ވަރައްމަތިވެރި ސިފައެއްކަމުގައި އަންނަނިވި އާޔަތުގައި މާތް ﷲ ވަޙީކުރައްވާފައިވެއެވެ.
ކެތްތެރިވެ ޢަފޫކުރުން އެއީ ޢަޒުމްތައް ވަރުގަދަ މީހުންނަށް ކުރެވޭނެ ކަމެކެވެ. (42:43)
އެހެންކަމުން މުޢުމިނުންނަކީ ޢަފޫކޮށް މަޢާފުކުރާ ޒާހިދު އަދި އަޒުމް ވަރުގަދަބައެކެވެ. ކީރިތި ޤުރުޢާނުގައި މާތްﷲ މުޢުމިނުން ސިފަކުރައްވާފައިވާ ފަދައިންނެވެ. އެކަލާންގެ ވަޙީކުރައްވާފައިވަނީ؛


އެބައިމީހުންނީ ތަނަވަސްކަމުގައްޔާއި، ދަތިކަމުގައި ހޭދަކޮށްއުޅޭ މީހުންނެވެ. އަދި ރުޅި މަތަކޮށް ހިފަހައްޓާމީހުންނެވެ. އަދި މީސްތަކުންގެ ކިބައިން ޢަފޫކުރާ މީހުންނެވެ. މާތް ﷲ ހެޔޮކޮށް ކަންތައްކުރާ މީހުންދެކެ ލޯބިވެވޮޑިގެންވެއެވެ. (3:134)


މުޢުމިނުން މަޢާފުކުރުމާއި ޢަފޫކުރުން މާނަކުރާގޮތާއި ކީރިތި ޤުރުޢާނުގައި އަންގަވާފައިވާ އަޚްލާޤީ ސިފަތަކަށް ޢަމަލުނުކުރާ މީހުންނާއި ވަރަށް ތަފާތެވެ. މީހަކު އޭނާއަށް ދެރައެއް ދިންމީހަކަށް މަޢާފްކޮށްފީމެ ބުނިނަމަވެސް ހަޤީޤަތުގައި އޭނާގެ ހިތުން އެކަމުގެ ރުޅިއާއި ހިތްހަމަނުޖެހުން ފުހެލުމަށް ގިނަ ދުވަސްތަކެއްނަގައެވެ. އަދި އޭނާގެ އަމަލުތައް ބައްޓަންވެގެންދަނީ އެ ރުޅިވެރިކަމުގެ ބަދަލު އަނެކާއަށް ކޮންމެވެސް ގޮތަކުން ދިނުމަށެވެ.

އެއާއި ޚިލާފަށް ތެދުވެރި މުޢުމިނުން އަނެކާއަށް މަޢާފުކުރުމުގައި ހިތް ޚަލާސްކުރެއެވެ. އެންމެ ތެދުވެރި ފުރިހަމަގޮތުގައެވެ. އެހެނީ މުޢުމިނުންނަށް އިންސާނާއަކީ ކުއްކުރެވޭނޭ ބައެއްކަމާ އެބައިމީހުންނަކީ އެބައިމީހުންނަށް ކުރެވޭ ކުއްތަކުން އިބްރަތްލިބިގަނެ އެފަދަ ކުއްތައް ތަކުރާރުނުކުރުމަށް މަސައްކަތްކުރާނޭ ބައެއްކަން އެނގެއެވެ.

އެހެންކަމުން މުޢުމިނުންނަކީ ކެތްތެރި ޢަޒުމްވަރުގަދަ ބައެކެވެ. އަދި ހަމައެފަދައިން މުޢުމިނުންނަކީ އެބައިމީހުންތިބީ ރަނގަޅުގޮތުގައިކަން އެނގި އަދި އަނެކާއީ ގޯސްމަގުގައިހުރި މީހަކަން އެނގޭއިރުގައިވެސް މަޢާފްކޮށް ޢަފޫކުރާ ބައެކެވެ. އަދި ޢަފޫކޮށް މަޢާފުކުރުމުގައި ބޮޑެތި ކަންތައްތަކާއި ކުދިކަންތައްތަކުގެ މެދުގައި އެބައިމީހުން ތަފާތުކުރުމެއް ނުގެންގުޅޭނެއެވެ. މީހަކަށް ނޭންގި އޭނާއަށް ކިތަންމެބޮޑު ގެއްލުމެއް ނުވަތަ ދެރައެއްވެސް ދީފާނެއެވެ.

ނުނިމޭ

އަނެކާއަށް މަޢާފްކުރުމާއި އެކަމުގެ ސިއްޙީ ފައިދާ

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *


ގުޅުންހުރި