Search Streamline Icon: https://streamlinehq.com

ކޮމަންޑޫގައި މެރިޓައިމް ސޭފްޓީ އެވެއާނަސް ޕްރޮގްރާމެއް ހިންގައިފި

MNDF Komandoo 1 fenvaruonlie

މިލަދުންމަޑުލު އުތުރުބުރި ކޮމަންޑޫގައި “މެރިޓައިމް ސޭފްޓީ އެވެއާނަސް“ ޕްރޮގްރާމެއް ހިންގައިފިކަމަށް އެމްއެންޑީއެފްއިން ހާމަކުރައްވައިފި އެވެ. މި ޕްރޮގުރާމް ކުރިއަށް ގެންދަވާފައިވަނީ ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީއާއި އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑު ގުޅިގެންކަމަށްވެސް އެމްއެންޑީއެފް އިން ހާމަކުރައްވަ އެވެ.


ފެބްރުވަރީ 18 -20 އަށް ށ.ކޮމަންޑޫގައި އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑު ފަސްޓް ސްކޮޑްރަންއިން ކުރިއަށްގެންދިޔަ މި ޕްރޮގްރާމުގައި ށ.ކޮމަންޑޫގެ ސަރުކާރު މުއައްސަސާތަކުން ޖުމްލަ 18 ފަރާތަކުން ވަނީ ބައިވެރިވެފައެވެ.


ތިން ދުވަހުގެ މުއްދަތަށް ހިންގި މި ޕްރޮގްރާމަކީ ކަނޑުމަތީގައި ދިމާވާ ހާދިސާތަކާ ގުޅޭ މައުލޫމާތާއި އެފަދަ ހާދިސާއެއް ދިމާވެއްޖެނަމަ އަމަލު ކުރާނެ ގޮތްތަކުގެ މައުލޫމާތު ދިނުމަށް ހިންގުނު ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގައި ކަނޑުމަތީގައި ހާލުގައި ޖެހިފައިވާ މީހުން ސަލާމަތްކުރާނެ ގޮތާއި، ހާލުގައި ޖެހިފައިވާ އުޅަނދުފަހަރަށް އެހީތެރިވާނެ ގޮތާއި، ކަނޑުމަތީގައި ދިމާވާ އެކިއެކި ހާދިސާތަކުގައި ޒަޚަމްވެފައިތިބޭ މީހުންނަށް ސިއްހީ އަވަސް ފަރުވާދިނުން ފަދަ މުހިންމު ބައިތައް ކިޔަވާދީފައި ވެއެވެ. މީގެ އިތުރުން، ރެސްކިޔު ސްވިމިންގގެ ޕްރެކްޓިކަލް ކްލާސްތައްވެސް ކުރިއަށް ގެންގޮސްފައިވެއެވެ.


ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ހޭލުންތެރި ކުރުވުމުގެ ގޮތުން ށ.ކޮމަންޑޫގައި އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑުން ހިންގި ”މެރިޓައިމް ސޭފްޓީ އެވެއާނަސް“ ޕްރޮގްރާމްގައި ކިޔަވާ ދެއްވާފައި ވަނީ މިދާއިރާއިން ތަޢުލީމާއި ތަމްރީނާއި ތަޖުރިބާ ހޯދާފައިވާ ސިފައިންނެވެ.

Leave a Reply

Your email address will not be published. Required fields are marked *