Search Streamline Icon: https://streamlinehq.com

ސަޤާފަތަށް ކުރަފި އެރުވުމަކީ ކޮބާ؟

Boduberu 2023 fenvaruonline
Advertisement

ދިވެހިރާއްޖެ އަކީ ދުނިޔޭގަ ވަރައް މަޤްބޫލް ފަތުރުވެރިންގެ މަންޒިލަކައްވެފައި ވާއިރު، އެކަމުގެ ފަޚުރު ހަމަ ކޮންމެ ދިވެއްސަކު ވެސް ލިބި ގަންނާނެ އެވެ. އަދި މިފަދަ މަޤްބޫލު މަންޒިކަށް އުފަންވީތީ އުފާވެ، ދިވެހި ރައްޔިތަކައްވީތީވެސް އުފާ ކުރާނެއެވެ.

ދިވެހިރާއްޖެއަކީ ފަޠުރުވެރިންނަށް މަޤްބޫލު މަންޒިލަކަށް ހެދުމަށްޓަކައި ދިވެހިންގެ މަދު ބަޔަކު ވަނީ ވަރަށް ބުރަ މަސައްކަތްޕުޅު ކުރައްވާފައެވެ. އެ ކުރެއްވި ބުރަ މަސައްކަތަކީ އެ މަސަތްކަތް ކުރެއްވި އޭރުގެ މަދު ދިވެހި ޒުވާނުންކޮޅެއްގެ ހިންމަތާއި މިންނަތުން ކުރައްވާފައިވާ އަގުނުކުރެވޭވަރުގެ ބުރަ އަދި އެހައިމެ އަގުހުރި މަސަތްކަތެއް ވެސްމެއެވެ.

ނަމަވެސް މިދާކައް ދުވަހު ދިވެހިރާއްގެ ސަގާފަތްކަމައްބުނެ ދުނިޔޭގެ ކުރިމަތީގައި ދިވެހި ލިބާހާއި ފާސްކުރި ހެދުމުގެ ނީލަންކީ ކިއުން އަޅުގަނޑަށް ސިފަވެގެން ދަނީ ކުރިން މިދެންނެވި ހީވާގި ޒުވާނުން ކުރެއްވި ބުރަ މަސތްކަތް ވެއްޔާމޮޑެލުން ފަދަ ކަމެއްގެ ގޮތުގަ އެވެ.

އެހެނީ ދިވެހިރާއްޖޭގައި ފަތުރުވެރި ކަން ދިވެހި ދަރިން ފެއްޓެވީ ވަރައްވެސް އާދައިގެ ގޮތަކަށެވެ، ރޯނުފުރި އެނދަކާއި، ކަށިވެލީގެ ކަންނޭލާއި ކުރެދި ދަނޑިން ހަދާފައިހުންނަ ފާންތިލަ ބަހައްޓާފައިވާ ގިފިލި ހިމެނޭގޮތުގަ އެވެ. އަދި އެތަންތާންގައި ފަތުރުވެރިން އައިސް އެބައިމީހުންގެ ޗުއްޓީ ފިސާރި ހިއްގައިމުކަމާއެކީ އެބައިމީހުން ނިންމާލާފަ ދަނީ ވަރައްވެސް ހިއްހަމަޖެހުމާއި އުފާފާގަތިކަމާއި ޝުކުރުވެރި އިހުސާސް ތަކާއި އަލުން އެނބުރި އައުމުގެ ފޮނި އުންމީދުތައް ދިވެހިންނަށް ދެމުންނެވެ.

އެބައިމީހުން ދިވެހިރާއްޖެއާއި ދިވެހިން ދެކެނީ ވަރައް އޯގާތެރި‘ ރަޙްމަތްރެރި އެކުވެރި‘ އަދިއެހައިމެ ފުރިހަމަ މެހެމާންދާރީއެއް އަދާކުރާ ބައެއް ދިރިއުޅޭ ތަނެއްގެ ގޮތުގައެވެ. އަދި ދިވެހި ޤައުމަކީ ވަރަށް މުއްސަނދި ސަގާފަތެއް އޮންނަ ޤައުމަކަށްވެފައި އެސަގާފަތުގެ ތަޖުރިބާ ކުރެވުނީތީވެސް އެބައިމީހުން އޭރު ތިބެނީ ވަރަށް އުފަލުންނެވެ.

Advertisement

ނަމަވެސް އެފަތުރު ވެރިކަން އިސްތިހާރުކުރުމުގައި ދިވެހި ސަގާފަތް ކަމުގައި ދައްކުވައިދޭން މިދާކައްދުވަހު އެދައްކުވައިދިން ނެށުމާއި ހަރަކާތް ތަކަކީ ކުޑަކޮއްވެސް ދިވެހި ސަގާފަތާއި އެއްވެސް ގުޅުމެއް ނެތް ހަރަކާތް ތަކެކެވެ. ނަމަވެސް އެ ހަރަކާތްތައް ދައްކުވައިދިން ފަންނާނުން ތިބީ ދިވެހި ގައުމީ ލިބާހައި ހެދުން އަޅައިގެންނެވެ، އަދި އެހެދުންތަކަކީ ދިވެހިރާއްޖޭގެ ރަސްމީ ބައެއް އިޙްތިފާލް ތަކުގައިވެސް ބައެއް ބޭބޭފުޅުން ތުރުކުރައްވާ ލިބާސް އަދި ހެދުން ކޮޅުތަކެވެ.

ނަމަވެސް އެހަރަކާތްތަކުން ދައްކުވައިދިނީ ދިވެހިރާއްޖެއަކީ ކުޑަކޮއްވެސް އިސްލާމީ އަޤީދާއެއް ނެއް ވަރައްވެސް ބޮޑަށް ހުޅަނގުގެ އާދަކާދަތައް އަށަގަނެފައިވާ ތިމާގެ ސަޤާފަތާއި ތަރުބިއްޔަތައް ފުރައްސާރަ ކުރަނިވި މަންޒަރުތަކެއްގެ ގޮތުގައެވެ. ހަމަގައިމުވެސް އެއްވެސް ދިވެހިވަންތަ ދިވެއްސަކު މިކަންބަލައެއް ނުގަންނާނެއެވެ.

މިކަން މިހެންވެގެން ދިއުމަކީ ކުރިން މިދެންނެވި ދިވެހިޒުވާނުން ކުރި ފޮނި އުންމީދުތައް ވެއްޔާއި މޮޑެލުންކަމުގައިނޫނީ ހަމަގައިމުވެސް ނުވާނެ އެވެ. މިކަމަކީ އެބައިމީހުން އެކުރި ބުރަ މަސަތްކަތައް ވެލިއަޅައި ފޮރުވާލުމޭ ކިޔައިފިނަމަ ދޮގަކަށް ވާނެހެއްޔެވެ؟

އެބައިމީހުން އެކުރި މަސަތްކަތުން މިއަދު ގައުމުގެ އިކްތިޞާދު އޭގެމައްޗައް ބިނާވެ އެތައް ބަޔަކައް އާމްދަނީއެއްގެ ގޮތުގައި އެކަން ވަނީ ވެފައެވެ. މިކަމައްވެސް އެބަޔަކު އެވަނީ ބޭވަފާތެރި ވެފައެވެ.
މިދާކައްދުވަހު އެޖެއްސެވި ނެއްޓީގެ ސަބަބުން ކުރިން ދެންނެވި ފަތުރުވެރިން ދެކޭނީ ދިވެހި ސަގާފަތް ވެއްޔާ މޮޑެވިފަވާ މަންޒަރެވެ. ހިތާމަހުރިކަމެކެވެ.

އެންމެ ބޮޑައް ހިތާމަކުރަނީ ދވެހި ދައުލަތުން ވަކި ވުޒާރާއެއް ދިވެހި ސަޤާފަތާ ތަރިކަ ރައްކައުކުރަން އޮވެމެ، އެހިނގާދިޔަ ކަންތަކައް ކުޑަވައި އިނގިލި ނަމަވެސް ހިއްލަވައި ނުލެއްވީމަ އެވެ. އެވުޒާރާއިން އެކަމާ އެއްޗެއް ވިދާޅުނުވިތާނގައި އެންމެ ކުޑަމިނުން ނޫސް ބަޔާނެއްވެސް ނެރެނުލެއްވީތީ ހިތާމަކުރަމެވެ.

އަޅުގަނޑު ހަމަނާތަހުޒީބީ ކަމައްވެސް ވެދާނެ އެވެ! އެކަމަކު ދިވެހިސަގާފަތައް ކުރަފި އެރުވީމައި ފޮޅާނުލައި ހުރެވޭ ވަރައްވުރެ އަޅުގަނޑުގެ ބުރަކަށީގެ ބަދަ އަދި ސަލާމަތުން އެބަހުއްޓެވެ.

ދިވެހި ދަރިއަކައްވެހުރެ ދިވެހިސަގާފަތައް އެފަދަ ފުރައްސާރަކުރުމުން ދިވެހި ޤާއުމާއި ވަޠަން ދެކެ ލޯބިވާ ދިވެހިންނައް އެއްޗެއް ނުބުނެވެސް ނުތިބެވޭނެއެވެ، އަދި ކިތައްމެ މަތީ މަޤާމެއްގެ ބޭފުޅަކު އެކަމައް ތައުރިފު ކުރެއްވުމުން އަތްޖަހާކައް ވެސް އަދި ދިވެހި ކޮންމެ ދަރިއަކު ނުތިބޭނެ ކަން ހަނދުމަފުޅު ބަހައްޓަވާށެވެ.
މިއީ އަޅުގަނޑުގެ ޚިޔާލެވެ. އެއްބަސް ނުވެވޭބޭފުޅުންވެސް ތިއްބަވާފާނެއެވެ.
ޙިޔާލަކީ ތަފާތު އެއްޗެކެވެ.

Leave a Reply

Your email address will not be published. Required fields are marked *


ގުޅުންހުރި