Search Streamline Icon: https://streamlinehq.com

ކޯސްޓްގާޑުން ރާއްޖޭގެ އުތުރު ބޯޑަރު ބަލަހައްޓަވާގޮތަށް ދެކުނުގެ ބޯޑަރުވެސް ބަލަހައްޓަމުން ގެންދާނެ: ރައީސް ޞާލިޙް

Raees Solih fenvaru

ދިވެހިރާއްޖެއާއި މޮރިޝަސްގެ ކަނޑުގެ ސަރަހައްދުން ފުށުއަރާ ސަރަހައްދު ދެބަޔަށް ބެހުމުގެ މައްސަލަ އިންޓަރނޭޝަނަލް ޓްރައިބިއުނަލް ފޮރ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އިން ނިންމުމާ ގުޅިގެން ދިވެހިރާއްޖޭގެ އުތުރު ބޯޑަރު ބަލަހައްޓަވާގޮތަށް ރާއްޖޭގެ ދެކުނުގެ ބޯޑަރުވެސް ކޯސްޓްގަޑުން ބަލަހައްޓަމުން ގެންދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެ އެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ރާއްޖެއާއި މޮރިޝަސްގެ ކަނޑުގެ ސަރަޙަދުން ފުށުއަރާ ސަރަޙައްދުގެ އިން ވަކި ކުރުމުގެ މައްސަލަ ނިމުމާއި ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

”އަޅުގަނޑުމެން ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމެއް ބޭއްވިން. އެ ބައްދަލުވުމުގައި މިއަދު އިޓްލޮސްގައި އެ ނިމިގެންދިޔަ ނިމުމާ އެއްގޮތަށް ދިވެހިރާއްޖޭގެ ދެކުނުގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދު ކަނޑައެޅުމާ ގުޅިގެން ޢަމަލުކުރާނެ ގޮތްތަކާމެދު މަޝްވަރާ ކުރެވުނު. އެގޮތުން، ފުރަތަމަ ކަމަކަށް، އެ އީއީޒެޑް ބެލެހެއްޓުން، ކޯސްޓްގާޑުން އަޅުގަނޑުމެންގެ އުތުރު މިހާރުވެސް އީއީޒެޑް ބަލަހައްޓާ ގޮތަށް، ވަށައިގެން ބަލަހައްޓާ ގޮތަށް ބެލެހެއްޓުމުގެ މަސައްކަތް ކުރިއަށް ގެންދިޔުމަށް ނިންމުނު.“

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އިޓްލޮސްއިން ނިންމި ނިންމުމާއި އެއްގޮތަށް ރާއްޖޭގެ ދެކުނުގެ އިޤްތިޞާދީ ސަރަހައްދު ކަނޑައެޅިއްޖެކަމުގަ އެވެ. އަދި މިކަމާއި ގުޅިގެން ޢަމަލުކުރާނެ ގޮތްތަކަށް ކެބިނެޓުގައި މަޝްވަރާކުރެއްވިކަމަށާއި، އެގޮތުން ރާއްޖޭގެ ދެކުނުން، އިން ކަނޑައެޅިގެން ދިއުމުން، ރާއްޖޭގެ އުތުރުގައި ކޯސްޓްގާޑުން ބޯޑަރު ބަލަހައްޓަމުން ގެންދަވާގޮތަށް، ދެކުނުގައިވެސް އެކަން ކުރިއަށް ގެންދަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، މީގެ ކުރިން ރާއްޖޭގެ ކަނޑުގެ ސަރަހައްދު ވަކިވާގޮތަށް އިން ކަނޑަނޭޅުމުގެ ސަބަބުން ބޭރުގެ މަސްވެރިން ރާއްޖޭގެ ސަރަޙައްދުން ނަފާ ހޯދަމުން ދިޔަކަމަށާއި، ނަމަވެސް ރާއްޖޭގެ އިން ކަނޑައެޅުމުގެ ސަބަބުން އެކަން ހުއްޓުވާނެކަމުގަ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އެކަމުން ރާއްޖޭގެ މަސްވެރިންނަށްވެސް ފައިދާވާނެކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

Leave a Reply

Your email address will not be published. Required fields are marked *