Search Streamline Icon: https://streamlinehq.com

ނޫސްވެރިން އަދާކުރަންޖެހޭ ދައުރު، ވެރިކަމުގެ ފަރާތުން ހަނިކޮށް، ދަތިކޮށްގެން ނުވާނެ: ޖުމްހޫރީ ޕާޓީގެ ލީޑަރ ޤާސިމް އިބްރާހީމް

Gasim and Raees Solih fenvaru online

އިންސާނީ ކަރާމާތް ދަމަހައްޓައި، ތެދުވެރިކަމާ އެކު ޙަޤީޤަތް ހާމަކުރުމުގައި ނޫސްވެރިން އަދާކުރަންޖެހޭ ދައުރު ވެރިކަމުގެ ފަރާތުން ހަނިކޮށް، ދަތިކޮށްގެން ނުވާނެކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރ އަދި އެޕާޓީގެ ރިޔާސީ ކެންޑިޑޭޓް ޤާސިމް އިބްރާހީމް ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު ވިދާޅުވީ ވަކިއަތަކަށް ނުޖެހި އިންސާފުވެރިކަމާއެކު، ރައްޔިތުންނަށް ޚަބަރާއި މައުލޫމާތު ގެނެސްދޭނެ ނޫސްވެރިކަމަކީ ޑިމޮކްރަސީގެ 4 ވަނަ ބާރުކަމާއި މެދު އެއްވެސް ޝައްކެތް އޮތްކަމެއް ނޫންކަމުގަ އެވެ.

އެމަނިކުފާނު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ އިންސާނީ ކަރާމާތް ދަމަހައްޓައި، ތެދުވެރިކަމާ އެކު ޙަޤީޤަތް ހާމަކުރުމުގައި ނޫންވެރިން އަދާކުރަންޖެހޭ ދައުރު ވެރިކަމުގެ ފަރާތުން ހަނިކޮށް، ދަތިކޮށްގެން ނުވާނެކަމުގަ އެވެ.

ދުނިޔޭގެ ނިސްބަތުން ނޫސްވެރިކަމުގެ މިނިވަންކަމުގެ ދަރަޖައިން ޖެހިޖެހިގެން ފަހަތަށް މި ގައުމު ސޮއްސާލާކަމީ ހިތާމަހުރި ކަމެއްކަމުގައިވެސް ޖުމްހޫރީ ޕާޓީގެ ލީޑަރ ވިދާޅުވި އެވެ.

އެމަނިކުފާނުގެ ޓްވީޓް މެސެޖުގައި ދުނިޔޭގެ ނޫސްވެރިކަމުގެ ދުވަހުގެ ހެޔޮއެދުމާއި ތަޙްނިޔާ އެންމެހައި ނޫސްވެރިންނަށް ވަނީ ފޮނުއްވާފަ އެވެ.

ވޯލްޑް ޕްރެސް ފްރީޑޮމް އިންޑެސްގައި 2022 ވަނަ އަހަރު ރާއްޖެ އޮތީ 87 ވަނައިގައި އޮތްނަމަވެސް ދާދި ފަހުން އާންމުކުރި ޕްރެސް ފްރީޑޮމް އިންޑެކްސްގައި ރާއްޖޭގެ ދަރަޖަ ވަނީ 100 ވަނައަށް ދަށަށް ވެއްޓިފަ އެވެ.

ނޫށްވެރިކަމުގެ ދާއިރާއިން ދިވެހިރާއްޖެ ދުވަހެއް ދުވަހެއް ދަށަށްދިއުމުގެ މާނައަކީ ރާއްޖެ މިހާރުއޮތީ ނޫސްވެެރިކަމުގެ މިނިވަންކަމަށް ހުރަސްތަކާއި ގޮންޖެހުންތައް ހުރި ޤައުމުތަކުގެ ކެޓަގަރީގައި ކަމަށް ނުވެ ހިނގައިދާނެބާއެވެ.

Leave a Reply

Your email address will not be published. Required fields are marked *