Search Streamline Icon: https://streamlinehq.com

މިފަދަ ކަންކަމާމެދު ވިސްނަނީ ކާކުބާ؟

Quran

ތަރުބިއްޔަތުގައި ވިސްނާލަން ޖެހޭ ވަރަށް މުހިއްމު ކަމެކެވެ. ކަންކަން ލަސް ކުރުމަކީ އާދަ އަށަގެންނެވުމަށް އޭގެ ސަބަބުން އުނދަގޫތަކެއް ކުރިމަތި ކުރުވާ ކަމެކެވެ. ނަމާދު ކުރުމަށް ދަރީންނަށް އަމުރު ކުރާ އުމުރު ޖެހޭން ދެން ދަރީންނަށް ނަމާދު ތާރަފު ކޮށް ނުދީ ތިބެގެން ނުވާނެއެވެ.

މި އުއްމަތުގެ އިހުގެ ސާލިހު ބޭފުޅުންގެ މަންމައިން ވަނީ އެ ބޭފުޅުން އުފަން ވުމާ އެކު ކޮންމެ ނަމާދު ގަޑިއެއްގައި އެ ތުއްޕުޅު ބޭފުޅުންނާ އެކު ނަމާދަށް ވަގުތުކޮޅެއް ހޭދަ ކޮށްފައެވެ. ނަމާދުގެ ވާހަކަ ދެއްކެވުމަށެވެ. ނަމާދުގައި ކިޔާ ތަކެތީގެ މާނައާ މެދު ވާހަކަ ދެއްކެވުމަށެވެ.

ސާލިހު އިލްމުވެރީން ވިދާޅުވާ ގޮތުގައި އެ ބޭފުޅުންގެ މަންމައިން ވަނީ އެ ބޭފުޅުންގެ އުމުރުފުޅުން އެންމެ 2 މަހުގައި ފަތިސް ނަމާދަށް ވެސް ހޭލައްވުވާފައެވެ. އަދި އުނގުގައި ބައިންދައިގެން އިރު އަރާން ދެން ޤުރްއާން ކިޔަވައި ދެއެވެ. އަދި ދުޢާތަކާއި ޒިކުރުތައް ކިޔައި ދެއެވެ.

އިމާމް ޝާފިޢީ ފަދަ ބޭފުޅުން އުމުރުފުޅުން 6 އަހަރު ވީ އުރު ކީރިތި ޤުރްއާން ހިތު ދަސް ވީ ކީއްވެގެން ތޯއެވެ؟ އެއީ އެކަލޭގެފާނުގެ ލޮބުވެތި މަންމާފުޅުގެ މަސައްކަތްޕުޅެވެ.

ޢުމުރުން 2 އަހަރު ވީ އިރު ޤުރްއާނުގެ ކޮންމެ ތަނަކުން ކޮންމެ އާޔަތެއް މީހަކު ފެށިޔަސް އެކަލޭގެފާނަށް އެ އާޔަތް ނިންމާލަން އެނގުނީ އެކަލޭގެފާނުގެ މަންމާފުޅު އެކަލޭގެފާނު އުފަންވީއްސުރެ އުނގުފުޅުގައި ބައިންދަވައިގެން ޤުރްއާން ކިޔަވައި ވިދާޅުވުމުގެ ސަބަބުންނެވެ.

އެއްވެސް މަސައްކަތެއް ކުރުމަކާ ނުލައި، ނުވަތަ މައިންބަފައިންނާއި ގާތް ތިމާގެ މީހުންނާއި ހެޔޮ އެދޭ މީހުން ކޮށްދޭ މަސައްކަތާ ނުލައި މޫޖިޒާތެއް ފަދައިން ކަންކަން ހާސިލު ނުވާނެ ކަން ދަންނާން ޖެހެއެވެ. ﷲ ތައުފީގު ދެއްވަނީ މަސައްކަތް ކުރުމުންނެވެ.

ތަރުޖަމާ: އަލްއުސްތާޛް އިޔާޒް ނަސީމް

– ޝައިޚް ޢަލީ އައްޠަންޠާވީގެ ދަރްސަކުން

Leave a Reply

Your email address will not be published. Required fields are marked *


ގުޅުންހުރި