Search Streamline Icon: https://streamlinehq.com

ރައީސް ސާލިހު ފޯކައިދޫއަށް ވަޑައިގަތުމުން ޕީޕީއެމް ސަޕޯޓަރުން އިހުތިޖާޖުގަ!

PPM Foakaidhoo

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ށ. ފޯކައިދޫއަށް ވަޑައިގަތުމުން ޕްރޮގްރެސިވް ކޯލިޝަން (ޕީޕީއެމް) ގެ ސަޕޯޓަރުން އިހުތިޖާޖު ކުރަން ފަށައިފިއެވެ.

ޕިޕީއެމްގެ ސަޕޯޓަރުން ވަނީ ރައީސް ޔާމީން މިނިވަން ކުރުމަށާއި އެމަނިކުފާނަށް އިއްވާފައިވާ ހުކުމް ބާތިލު ކުރުމަށް ގޮވާލާފައެވެ. އަދި އެމީހުން ތިބީ ތަފާތު އެކި ޝުޢޫރުތައް ލިޔެފައިވާ ބެނަރތަކާއި ބޯޑުތައް ވެސް ހިފައިގެންނެވެ.

މީގެ އިތުރުން އެމްޑީޕީގެ ސަރުކާރުން ށ. އަތޮޅަށް ކޮށްދޭނެ ކަމަށް ވެފައިވާ ވައުދުތައް ނުފުއްދާކަމަށް ބުނެ، ލިޔެފައިވާ ބޯޑުތައް އިހުތިޖާޖުގެ ބައިވެރިން ގެންގުޅުނެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ށ. އަތޮޅަށް ކުރައްވާ މި ދަތުރުފުޅަކީ ވެރިކަން ކުރާ މައި ޕާޓީ އެމް.ޑީ.ޕީގެ ފަރާތުން ވާދަކުރައްވާ އެޕާޓީގެ ރިޔާސީ ކެނޑިޑޭޓުގެ ހައިސިއްޔަތުން، ކެމްޕެއިން ފެއްޓެވުށް ކުރައްވާ ދަތުރުފުޅެކެވެ.

މިއަދު ހެނދުނު ފެއްޓެވި މި ދަތުރުފުޅުގައި ށ. އަތޮޅަށް ވަޑައިގެން އެންމެފުރަތަމަ ވަޑައިގަތީ ކޮމަންޑޫ އަށެވެ.

އެރަށަށް ވަޑައިގަތުމުން އެމަނިކުފާނާއި އެމަނިކުފާނުގެ އަރިހުގައި ވަޑައިގެންނެވި ވަފްދަށް ކޮމަންޑޫ ރައްޔިތުންގެ ފަރާތުން ވަނީ ހޫނު މަރުހަބާއެއް ދަންނަވާފައެވެ.

ރައީސް ސާލިހު ވަނީ ކޮމަންޑޫއަށް ވަޑައިގެން އެމަނިކުފާނުގެ ސަޕޯޓަރުންނާއި ބައްދަލުކުރައްވާ، މި ސަރުކާރުގެ ސިޔާސަތުތަކާއި ތަރައްޤީގެ މަޝްރޫޢުތަކާއި، އެމަނިކުފާނު ގެންގުޅުއްވާ ތަޞައްވުރާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވާފައެވެ.

މި ދަތުރުފުޅުގެ ތެރެއިން ކޮމަންޑޫއާއި އެ އަތޮޅު މަރޮށީގެ އިތުރުން، ނޫމަރާ އަދި ފޯކައިދޫއަށް ރައީސުލްޖުމްހޫރިއްޔާ ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ. އަންނަ ރިޔާސީ އިންތިޚާބަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ކެމްޕޭން ރަސްމީކޮށް ލޯންޗްކުރުން މިރޭ އޮންނާނެއެވެ. މި ޖަލްސާ އޮންނާނީ ށ. ފޯކައިދޫގައެވެ.

މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި އެމް.ޑީ.ޕީގެ އިސް ފަރާތްތަކާއި، އަންނަ ރިޔާސީ އިންތިޚާބަށް އެމަނިކުފާނާއެކު ކޯލިޝަން ހަދާފައިވާ ޢަދާލަތު ޕާޓީއާއި މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް، އެމްޑީއޭގެ ލީޑަރުންވެސް ބައިވެރިވެވަޑައިގަންނަވައެވެ.

Leave a Reply

Your email address will not be published. Required fields are marked *