Search Streamline Icon: https://streamlinehq.com

ފުނަދޫ ހޮސްޕިޓަލް އިމާރާތް ކުރުމުގެ މަސައްކަތް ބަޔަކާ ހަވާލުކޮށްފި

Funadhoo hospital

ށ. ފުނަދޫ އަތޮލު ހޮސްޕިޓަލްގެ އައުއިމާރާތުގެ މަސައްކަތް ހެލްތު މިނިސްޓްރީން ބަޔަކާއި ހަވާލުކޮށްފިއެވެ.

ހެލްތު މިނިސްޓްރީން މި މަސައްކަތް ސިޓްރަމަސް ހެވީ އިންޑަސްޓްރީސް އާއި ހަވާލުކޮށްފައިވަނީ ފައްސަތޭކަ ސާޅީސް ދުވަސްތެރޭގައި މަސައްކަތް ނިންމުމަށް ޝަރުތުކޮށްފައެވެ.

ހެލްތް މިނިސްޓްރީން ބުނީ މި މަސައްކަތަށް ސަރުކާރުގެ ބަޖެޓުން ސަތޭކަ ތިރީސްފަސް މިލިއަން އައްސަތޭކަ ހަތްދިހަ ހަތްހާސް ދުއިސައްތަ ސައުވީސް ރުފިޔާ ތިރީސް ނުވަލާރި ޚަރަދު ކުރުމަށް ނިންމާފައިވާކަމަށެވެ.

މިނިސްޓރީން ބުނެފައިވަނީ ށ. ފުނަދޫގައި ހުންނަ އެ އަތޮޅުގެ އަތޮޅު ހޮސްޕިޓަލަށް މިހާރުކުރިމަތިވެފައިވާ ޖާގައިގެ ދަތިކަމަށް މި އެޅޭ ހޮސްޕިޓަލްގެ ސަބަބުން ޙައްލުލިބިގެންދާނެކަމަށެވެ.

ށ. ފުނަދޫ އަތޮޅު ހޮސްޕިޓަލަކީ ކޮވިޑްގެ ހާލަތުގައި ސަރަހައްދީ ކޮވިޑް ފެސިލިޓީވެސް ގާއިމްކޮށްފައިވާ ހޮސްޕިޓަލެވެ. އެ އާއި އެކު އެ ހޮސްޕިޓާލުން ޚިދުމަތް ލިބިގަންނަ މީހުން އިތުރުވެ، އިންފްރާސް ސްޓަކްޗަރ އަށް ގެނެވުނު ބަދަލުގެ ސަބަބުން އާންމު ހިދުމަތްތަކަށް ދަތިތަކެއް ކުރިމަތިވެފައިވާކަން މީގެ ކުރިން އެ ހޮސްޕިޓަލުން ޙިދުމަތް ލިބިގަތް ގިނަ ފަރާތްތަކަކުން ވަނީ ބުނެފައެވެ.

މިހާރުވެސް އެ ހޮސްޕިޓަލުން ދުވާލެއްގެ މައްޗަށް ގިނަ އަދަދެއްގެ މީހުން ޚިދުމަތް ހޯދަމުންގެންދެއެވެ.

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *