Search Streamline Icon: https://streamlinehq.com

މިއީ ޚިޔާލުފާޅުކުރެވޭވަރަށްވުރެ އަނިޔާވެރި ސަރުކާރެއް: ފުނަދޫ ކައުންސިލްގެ ރައީސް

Ahmed. raees

މި ސަރުކާރަކީ ޚިޔާލުފާޅުކުރެވޭވަރަށްވުރެ، އަނިޔާވެރިކަންބޮޑު ސަރުކާރެއްކަމަށް ށ. ފުނަދޫ ކައުންސިލްގެ ރައީސް އަޙްމަދު އިބްރާހިމްފުޅު ވިދާލުވެއްޖެއެވެ.

ފުނަދޫ ކައުންސިލްގެ ރައީސް މިހެންވިދާލުވެފައިމިވަނީ ރިޔާސީ އިންތިހާބަށް ކެމްޕއިންގެ ދަތުރުފުޅެއްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލީހް އެރަށަށް މިއަދު ވަޑައިގެންނެވުމަށް ހަމަޖެހިފައިވަނިކޮށެވެ.

އަޙްމަދު އިބްރާހީމްފުޅު ވިދާޅުވީ ރައްޔިތުން ގެ ކަންބޮޑުވުން ފާޅުކުރުމަށް މިނިވަންކަމާއިއެކު ނިކުމެ އުޅެވޭވަރަށްވުރެ އަނިޔާވެރިކަން ބޮޑު ސަރުކާރެއްކަމަށެވެ.

“ އަޅުގަނޑުމެންގެ ރައްޔިތުން ތިބީ ވަރަށް ޖަޒްބާތުގައި މިސަރުކާރާއި ދެކޮޅަށް އަޑު އުފުލުމަށް ނިކުތުމަށް ތައްޔާރަށް، އެހެން ނަމަވެސް މިހާރު މިސަރުކާރުގެ އަނިޔާވެރިކަން ހުރީ ހައްދުން ނައްޓާފަ. އެއްވެސް ރައްޔިތަކަށް އަނިޔާއެއް ލިބޭކަށް އަޅުގަނދު ބޭނުމެއްނޫން“

ށ.ފުނަދޫ ކައުންސިލްގެ ރައީސް އަޙްމަދު އިބްރާހިމްފުޅު

ށ. ފުނަދޫ އަކީ މެޖޯރިޓީ ޕީޕީއެމް ރަށެކެވެ. ރައީސް ޔާމީން ޖަލުން މިނިވަންވެ ވަޑައިގެން އެންމެ ފުރަތަމަ އިންޑިއާ އައުޓް ކެމްޕެއިން ބާއްވާފައިވަނީ ވެސް ފުނަދޫގައެވެ. އަދި ރައީސް އިބްރާޙިމް މުހައްމަދު ސޯލިހް އެރަށަށް މީގެ ކުރިން ވަޑާއިގެންނެވި ފަހަރުތަކުގައިވެސް އެރަށުންވަނީ ރައީސް ޔާމީން މިނިވަން ކުރުމަސް ގޮވާލާ އިޙްތިޖާޖްކޮށްފައެވެ.

ރިޔާސީ އިންތިހާބަށް ކެންޕެއިން ކުރުމަށް އަތޮލުތެރެއަށް ކުރަމުންދާ ދަތުރުތަކުގައި އިއްޔެ ފުވައްމުލަކަށް ރައީސް ވަޑައިނެވުމުން އެރަށުގެ ގިނަ ރައްޔިތުންތަކެއްނިކުމެ، ސަރުކާާއިދެކޮޅަށް ވަނީ އަޑު އުފުލާފަ، އެ އިހްތިޖާޖުގެތެރެއިން ބައެއް މީހުންނަށްވަނީ އަނިޔާވެސްވެފައެވެ.

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *