Search Streamline Icon: https://streamlinehq.com

ރައީސް ޔާމީން އެދިލެއްވިގޮަތަށް އިންތިހާބު ބޮއިކޮޓު ކުރަން ފާހެއް ނުވި

އިދިކޮޅުު ކޯލިޝަންގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު އެދިލެއްވިގޮތަށް މިއަހަރުގެ ރިޔާސީ އިންތިހާބު ބޮއިކޮޓު ކުރަން އިދިކޮޅު ކޯލިޝަނުން ފާހެއް ނުވިއެވެ.

މިއަހަރު ބާއްވާ ރިޔާސީ އިންތިހާބު ކޮއިކޮޓު ކުރުމަށް ރައީސް ޔާމީން އެދިލެއްވީ ޔާމީނަށް އިންތިހާބުގައި ވާދަނުކުރެއްވޭނެކަން އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅުމުން، ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫޫރީ މައްސަލަ ވެސް ޔާމީނާއި ދެކޮޅަށް ނިންމުމުންނެވެ.

ސްޕްރީމް ކޯޓުން ނިންމާފައިވަނީ ހަ މަސް ދުވަހުގެ ތެރޭ ޔާމީން ދެއްކުމަށް ހުކުމްކުރި ފަސް މިލިއަން ޑޮލަރު ނުދައްކާހާ ހިނދަކު އެއީ ސާބިތު ދަރަންޏެއް ކަަމަށާއި މުއްދަތު ފަހަނަހަޅާ ދިޔައިރު ވެސް ޔާމީން ފައިސާ ނުދައްކަވާ ކަމަށެވެ.

މީގެ އިތުރުން ޔާމީން ފައިސާ ނުދައްކަވާކަން މީރާގެ ނޯޓިހުން ވެސް އެނގޭ ކަމަށާއި އެހެންކަމުން، ފަނޑިޔާރު ހުސްނުއްސުއޫދު އިއްވެވި ރައުޔަށް، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގައި ތިއްބެވި ހުރިހާ ފަނޑިޔާރުން ވެސް ވަނީ ތާއީދު ކުރައްވާފައެވެ.

ހަތް ފަނޑިޔާރުންގެ އިއްތިފާގުން ނިންމެވީ އިންތިހާބުގައި ވާދަކުރެއްވުމަށް ޔާމީންގެ ޝަރުތު ފުރިހަމަނުވާ ކަމަށެވެ.

އެހެންވެ، ޔާމީން އެންގެވި އެންގެވުމާއި ގުޅޭ ގޮތުން ޕީޕީއެމްގެ ސެނެޓުން ވަނީ ބައްދަލުވުމެއް ބާއްވައި، ވޯޓެއް ނަގައިފައެވެ. މި ވޯޓުގައި 126 ސެނެޓަރުން ބައިވެރިވިއިރު، އިންތިހާބުގައި ބައިވެރިވާން 67 ވޯޓު ވަނީ ލިބިފައެވެ. އަދި އިންތިހާބު ބޮއިކޮޓްކުރަން ފެންނަ ކަމަށް ވޯޓު ދިނީ 45 ވޯޓެވެ.

ބައެއް ސެނެޓަރުން ވޯޓުގައި ބައިވެރިއެއް ނުވެއެވެ.

ސެނެޓުގެ ބައްދަލުވުމާ ގުޅޭގޮތުން ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ތޮލާލް ވިދާޅުވީ، ޔާމީން މިނިވަންކުރެވެން އަންނަނީ އިންތިހާބުގައި ވާދަކޮށްގެން ކަމަށް ފެންނާތީ، ސެނެޓުން ނިންމީ ޔާމީނަށް އެގޮތަށް ލަފާ އެރުވުމަށް ކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *


ގުޅުންހުރި