Search Streamline Icon: https://streamlinehq.com

ފުވާދު ތައުފީގުގެ ދަރިކަލުން ނިޔާވެއްޖެ

Fuvad thaufeeq

އިލެކްޝަންސް ކޮމިޝަންގެ ރައީސް، ފުވާދު ތައުފީގުގެ ދަރިކަލުން އަޙުމަދު ތައުފީގު ނިޔާވެއްޖެއެވެ.

މިކަން ހާމަކުރައްވައި އީސީގެ ރައީސް އިސްމާއީލް ހަބީބް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ފުވާދުގެ ދަރިކަލުން އަހްމަދު ތައުފީގު ދާދި ދެންމެއަކު ނިޔާވެއްޖެ ކަމަށާއި ދަރިކަލުންނިޔާވީ މިއަދު ހެނދުނުގެ ވަގުތެއްގައި އިންޑިއާގެ ޓްރިވެންޑްރަމްގައި ކަމަށެވެ.

މި ހިތާމަވެރި ދަނޑިވަޅުގައި، ފުވާދުއާއި ފުވާދުގެ އާއިލާގެ އެންމެހާ ބޭފުޅުންނަށް ކެތްތެރިކަން މިންވަރުކުރެއްވުމަށް އެދި ހަބީބް ވަނީ ދުޢާ ދަންނަވާފައެވެ. އަދި މައްޔިތާގެ ފުރާނަފުޅަށް ސުވަރުގޭގެ މަތިވެެރި ދާއިމީ ނިއުމަތް މިންވަރުކުރެއްވުން އެދިވެސް ހަބީބް ދުޢާ ދެންނެވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *