Search Streamline Icon: https://streamlinehq.com

ފިންގަރޕްރިންޓް ފޯޖުކުރި ފުލުސްމީހާ ވަޒީފާ އަނބުރާދޭން ނުޖެހޭނެ ކަމަށް ހައިކޯޓުން ނިންމައިފި

Img md 202308160259471692179987.8474

އެހެން ފުލުހެއްގެ ފިންގަޕްރިންޓް ފޯޖްކުރި ފުލުހަކު ވަޒީފާއިން ވަކިކުރީ ރަނގަޅަށް ކަމަށާއި އޭނައަށް ވަޒީފާ އަނބުރާދޭން ނުޖެހޭނެ ކަމަށް ހައިކޯޓުން މިއަދު ނިންމައިފިއެވެ.

ގއ.ވިލިނގިލީ އެރޯމާ އަބްދުﷲ މަޖީދު ’ސައިމާ‘ ބޯޓުން ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެކުރަން އުޅޭ ކަމުގެ މައުލޫމާތު ލިބުމާ ގުޅިގެން އެ ސީނަށް ދިޔަ ފުލުސް އޮފިސަރު ތަހުގީގަށް ދިން ބަޔާނަށް އިންކާރު ކުރުމާ ގުޅިގެން އެ އޮފިސަރުގެ އިނގިލީގެ ނިޝާން ޖަހަން ޖެހޭ ތަނުގައި އެ މައްސަލަ ބެލި އައިއޯ ޕޮލިސް ކޯޕްރަލް އަހްމަދު އިބްރާހީމްގެ ވައަތު އިނގިލީގެ ނިޝާން ޖަހާފައިވެއެވެ.

2016 ވަނަ އަހަރު ހިނގާދިޔަ މިމައްސަލައިގައި ޕޮލިސް ބޯޑުން ނިންމީ މި އަމަލަކީ ފުލުހުންގެ ކޯޑް އޮފް ކޮންޑަކްޓާ ހިލާފަށް އަހްމަދު އިބްރާހީމް ހިންގާފައިވާ އަމަލަކަށްވާތީ އޭނާ ވަޒީފާއިން ވަކިކުރުމަށެވެ. އެ ނިންމުމަށް ސިވިލް ކޯޓުން ތާއީދު ކުރުމުން އަހްމަދު އިބްރާހީމްގެ ފަރާތުން ވަނީ އެ މައްސަލަ ހައި ކޯޓަށް ހުށަހަޅާފައެވެ.

މިމައްސަލައިގެ އިސްތިއުނާފީ އަޑުއެހުމުގައި އަހުމަދު އިބްރާހިމް އެދުނީ އޭނާ ވަޒީފާއިން ވަކިކުރެވުނީ ކަނޑައެޅިފައިވާ ގާނޫނީ އުސޫލުތަކާ ހިލާފަށް ކަމަށް ކަނޑައަޅައިދީ، ވަޒީފާ އަލުން ރުޖޫއަ ކޮށްދިނުމަށެވެ. އަދި އޭނާ ވަޒީފާއިން ވަކިކޮށްފައި ވަނީ ސާޖެންޓް ރޭންކުގެ ޕްރޮމޯޝަނެއް ހައްގުވެފައި ވަނިކޮށް ކަަމަށާއި އެހެންކަމުން އޭނާ ވަޒީފައިން ވަކިކުރި ދުވަހުން ފެށިގެން ވަޒީފާ އިއާދަކުރާ ދުވަހާ ހަމައަށް ސާޖެންޓް ރޭންކުގެ މުސާރައާއި އިނާޔަތް ދިނުމުގެ އަމުރަކަށް ވެސް އޭނާ އެދުނެވެ.

މި މައްސަލައިގައި ދިވެހި ފުލުހުންގެ ހިދުމަތުގެ ފަރާތުން ވަނީ އަހްމަދު އިބްރާހީމްގެ ކިބައިން ފެނިފައިވާ އަމަލަކީ ފުލުހުންގެ މަސައްކަތާމެދު ރައްޔިތުން ކުރާ އިތުބާރާއި ޔަގީންކަން ގެއްލިދާނެ އަމަލެއް ކަމަށް ބުނެފައެވެ. އަދި މި އަމަލީ ނުޙައްގުން މީހަކަށް އަދަބެއް ލިބިދާނެ އަމަލަކަށް ވާތީ، މިއީ ޒިންމާދާރު މަގާމެއްގައި ހުރި ފަރާތުން އަމަލުކޮށްގެންވާނެ ގޮތެއް ނޫންކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އެހެންކަމުން ދެފަރާތުގެ ވާހަކަތައް އަޑުއެހުމަށްފަހު ހައިކޯޓުން ވަނީ ސްޕްރީމް ކޯޓުގެ ނިންމުމަށް ތާއީދުކޮށްފައެވެ. މިމައްސަލައިގައި އަހުމަދު އިބްރާހިމް ވަޒީފާއިން ވަކިކުރެވުނީ ރަނގަޅަށް ކަމަށާއި އޭނާއަށް އަލުން އަނބުރާ ވަޒީފާ ދޭން ނުޖެހޭ ކަމަށް ބުނެ މިމައްސަލަ ވަނީ ނިންމާފައެވެ.

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *