ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު ޕީޕީއެމް ޕީއެންސީ ކޯލިޝަންގެ ރިޔާސީ ކެނޑިޑޭޓް ޑރ.މުހައްމަދު މުއިއްޒަށް ތާއީދުކުރަން ނިންމައިފިއެވެ.
ސިރާޖު މިއަދު ވަނީ އެމްޑީޕީން ވަކިވެފައެވެ. އެހެންނަމަވެސް ވަކި ކެނޑިޑޭޓަކަށް ތާއީދު ކުރަން ނުނިންމާން ހުރެފައި ސިރާޖު މިވަނީ މުއިއްޒުއަށް ތާއީދުކުރާކަން ހާމަކޮށްފައެވެ.
ޑރ.މުއިއްޒުއާއެކު ނަގާފައިވާ ފޮޓޯއެއް ހިއްސާ ކުރައްްވަމުން މޫސާ ސިރާޖް މީސްމީޑިޔާގައި ވިދާޅުވީ، ރިޔާސީ ރޭހުގައި ޑރ.މުއިއްޒުއަށް ތާއިދު ކުރައްވަން އޭނާ ނިންމަވާފައިވާ ކަަަމަށެވެ. ސިރާޖު ވިދާޅުވީ 2018 ވަނަ އަހަރުގެ އިންތިހާބު އެމްޑީޕީން ކާމިޔާބު ކުރެވުނަސް މިފަހަރު އިންތިހާބު ކާމިޔާބު ނުކުރެވޭނެ ކަމަށެވެ.
ސިރާޖް ޑރ.މުއިއްޒުއަށް ތާއިދު ކުރައްވަން ނިންމެވިއިރު، އޭނާ މިއަދު އެމްޑީޕީން ވަކިވެވަޑައިގެންނެވިކަން ހާމަ ކުރައްވާ އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒް އިސްމާއީލަށް ފޮނުވި ސިޓިގައި ވަނީ އެ ޕާޓީގެ މެންބަރެއްގެ ގޮތުގައި އިތުރަށް ހުންނަން ބޭނުން ނުވާތީ، އެ ޕާާޓީގެ ދަފްތަރުން މިއަދުން ފެށިގެން ނަން އުނިކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ.
ސިރާޖު އެމްޑީޕީން ވަކިވެވަޑައިގެންނެވިއިރު މިހާރު ރައްޔިތުންގެ މަޖިލީހުގައި ތިއްބެވި އެމްޑީޕީ މެންބަރުންގެ އަދަދު ވަނީ 53 އަށް މަދުވެފައެވެ. އެހެންކަމުން މަޖިލީހުގެ ސްޕަ މެޖޯރިޓީ މިހާރު އެމްޑީޕީއަކަށް ނެތެވެ.
އަންނަ ސެޕްޓެމްބަރމަހު ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް މުއިއްޒު މިހާރު ހުންނެވީ އައްޑޫސިޓީގައެވެ.
ސިރާޖަކީ އެމްޑީޕީގެ މެންބަރެއްގެ ގޮތުގައި ހުންނެވިއިރު ވެސް ދޭތެރެ ދޭތެރެއިން ސަރުކާރަށް ފާޑުވިދާޅުވެ، ބައެއް ކަންކަމުގައި ޕާޓީގެ ފިކުރާއި ދެކޮޅަށް ހިޔާލު ފާޅުކުރައްވާ ބޭފުޅެކެވެ.
އެމްޑީޕީގެ އެތެރޭގައި ހިޔާލު ތަފާތުވުންތައް ފުރަތަމަ އުފެދުނުއިރު ސިރާޖު މަސައްކަތް ކުރައްވަމުން ގެންދެވީ ރައީސް މުހައްމަދު ނަޝީދަށް ތާއިދު ކުރައްވާ މެންބަރުންނާއި އެކުއެވެ. ނަމަވެސް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި އޭނާ ތާއިދު ކުރެއްވީ ރައީސް ސޯލިހަށެވެ.
ސިރާޖު އެމްޑީޕީން ވަކިވެވަޑައިގެންނެވިއިރު މިހާރު ރައްޔިތުންގެ މަޖިލީހުގައި ތިއްބެވި އެމްޑީޕީ މެންބަރުންގެ އަދަދު ވަނީ 53 އަށް މަދުވެފައެވެ. އެހެންކަމުން މަޖިލީހުގެ މެޖޯރިޓީ މިހާރު އެމްޑީޕީއަކަށް ނެތެވެ.









