Search Streamline Icon: https://streamlinehq.com

އިންޝުއަރެންސް ދާއިރާ ކުރިއެރުވުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފި

IMG 1448 1536x1023

އިންޝުއަރެންސް ދާއިރާ ކުރިއެރުވުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއާއި ޔޫއެންޑީޕީއާއި ދެމެދު ރާއްޖޭގެ އިންޝުއަރެންސް ދާއިރާ ހަރުދަނާ ކުރުމުގެ މަސައްކަތް ކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މިއެއްބަސްވުމުގެ އެމްއެމްއޭގެ ފަރާތުން ސޮއިކުރެއްވީ ގަވަަރުނަރު އަލީ ހާޝިމްއެވެ. ޔޫއެންޑީޕީގެ ފަރާތުން ސޮއިިކުރެއްވީ އެ ޖަމާޢަތުގެ ރެޒިޑެންޓް ރިޕްރެޒެންޓެޓިވް އެންރީކޯ ގަވަގްލިއާއެވެ.

ޔޫއެންޑީޕީން ބުނާގޮތުން މި އެއްބަސްވުމުގެ ތެރެއިން ރާއްޖޭގެ އިންޝުއަރެންސް ސިނާޢަތް ތަރައްޤީކޮށް ހިންގާ އޮނިގަނޑުތަކާއި ޤަވާއިދު ހަރުދަނާ ކުރުމަށް ޔޫއެންޑީޕީގެ އެހީތެރިކަން ލިބިގެންދާނެއެވެ. އަދި

ނޫ، ފެހި އަދި ކްލައިމެޓް ޗޭންޖް އިންޝުއަރެންސްގެ ޚިދުމަތް ތަޢާރަފް ކުރުމަށް މަސައްކަތްކޮށް ސިނާޢަތް ދެމެހެއްޓެނިވިކޮށް ވިލުންވެރި ކުރެވޭނެ ކަމަށް ޔޫއެންޑީޕީން ބުނެއެވެ. މި ޚިދުމަތްތައް ތަޢާރަފް ކުރެވޭނީ ޔޫއެންޑީޕީގެ ދިރާސާތަކުގެ އަލީގައި ރާއްޖޭގެ އިންޓަގްރޭޓެޑް ނޭޝަނަލް ފައިނޭންސިންގް ފްރޭމްވޯކް އާއި އެއްގޮތަށެވެ.

މޫސުމަށް އަންނަ ބަދަލުތަކުގެ އަސަރު ކުދި ޖަޒީރާތަކަށް ވަރަށް ބޮޑަށް ކުރަމުންދާ ކަމަށާއި މިފަދަ ކަންތައްތަކުން އަރައިގަތުމަށް އިންޝުއަރެންސަކީ އޮތް ހައްލު ކަމަށް ޔޫއެންޑީޕީން ބުނެއެވެ.

ޔޫއެންޑީޕީން ވަނީ މި އެއްބަސްވުމާއެކު ރާއްޖޭގެ އިޤްތިޞާދީ ކުރިއެރުމަށް ހެޔޮވަރުގެ ކުރިއެރުމެއް ހޯދައިދެވޭނެ ކަމަށް ވިދާޅުވެފައެވެ.

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *