Search Streamline Icon: https://streamlinehq.com

ތުއްތު ކުދިން މަރާލީ ގަސްތުގައި ކަމަށް ނަރުހަކު އެއްބަސްވެއްޖެ

Dd

އިނގިރޭސި ވިލާތުގެ ހޮސްޕިޓަލުގައި ތުއްތު ހަތް ކުދިން މަރާލި ނަރުހަކު އިތުރު ހަ ކުދިން މަރާލަން އުޅެނިކޮށް ހައްޔަރުކޮށްފިއެވެ.

ރިޕޯޓްތައް ބުނާގޮތުން އުމުރުން 33 އަހަރުގެ ލޫސީ ލެޓްބީ ނަމަކަށް ކިޔާ ނަރުހަކު ވަނީ ތުއްތު ހަތް ކުދިން މަރާލާފައެވެ. އޭނާ ހައްޔަރު ކުރީ އިތުރު ހަ ކުއްޖަކު މަރާލަން އުޅުުމުގެ ތެރޭގައެވެ. އެހެންކަމުން އޭނާ މިހާރު މަޝްހޫރުވެފައިވަނީ މިފަހުން އުފެދުނު ކުޑަކުދިން މަރާ އެންމެ ނުރައްކާތެރި ސީރިއަލް ކިލަރުގެ ގޮތުގައެވެ.

މެންޗެސްޓާގެ ކްރައުން ކޯޓުން އޭނާ ޖަލަށްލާން ކުރި ހުކުމުގައި ކަފާލާތުންވެސް އޭނާ ވަނީ މަހުރޫމް ކޮށްފައެވެ. މި މައްސަލަ ބެއްލެވި ފަނޑިޔާރުން ބުނީ، ލެބްބީ އެކަން ކޮށްފައި ވަނީ ނުލަފާ ވީމަ ކަމަށެވެ.

ލެޓްބީ ކޯޓަށް ހާޒިރު ނުވި ނަމަވެސް އޭނާ ލިޔެފައިވާ ލިޔުމެއް ކޯޓަށް ވަނީ ހުށަހަޅާފައެވެ. އެލިޔުމުގައި ބުނާގޮތުން އެ ހުރިހާ ކުދިން އޭނާ މަރާލީ ގަސްތުގައެވެ. އަދި އެކަމަށް އޭނާ ވަނީ އަމިއްލައަށް އިއުތިރާފްވެފައެވެ.

ކައުންޓްލެސް އޮފް ޗެސްޓާ ހޮސްޕިޓަލްގެ ނިއުނޭޓަލް ވޯޑުގައި ލެޓްބީ މަސައްކަތްކުރިއިރު ސިއްރިއްޔާތުގައި 13 ކުއްޖަކަށް އަނިޔާ ކޮށްފައި ވާކަމަށާއި އެކުގައި މަސައްކަތް ކުރި މީހުންނާ ވަގަށް އެކުދިން މަރާ، އެ މަރަކީ ގުދުރަތީ މަރެއްކަމަށް ދެއްކުމަށް ކަމަށް އޭނާ މަސައްކަތްކޮށްފައިވާ ކަމުގެ ތުހުމަތުތައްވެސް ވަނީ ކުރެވިފައެވެ.

ލެޓްބީގެ މައްޗަށް ކުރި ހުކުމުގައި ބުނާގޮތުން އޭނާ ތުއްތު ކުދިން މަރަނީ އެކުދިންގެ ލެޔާއި ބަނޑަށް ވައި ފޮނުވައިގެންނާއި، މައިމީހާގެ ބުއް ދޭން ޖެހޭ އިރު އެފުރުސަތުވެސް ނުދީ ދޭން ވާވަރަށް ވުރެ ގިނައިން ގާތުން ދީ، އަނިޔާކޮށް، އިންސޫލިން ބޭނުންކޮށްގެން އެކުދިން ވިހަކޮށްލައިގެންނެވެ.

ރިޕޯޓްތައް ބުނާގޮތުން މި އަޑުއެހުންތަކަށް ލެޓްބީ ހާޒިރުވެފައިނުވެއެވެ. އެކަމާ ގުޅިގެން އިނގިރޭސި ބޮޑުވަޒީރު ރިޝީ ސޫނަކް ވިދާޅުވެފައި ވަނީ، އަނިޔާލިބުނު އާއިލާތަކާއި އެ ތުއްތު ތުއްތު ކުދިންގެ މައިންބަފައިންގެ ވޭނީ އަސަރައި އަޑު އަހަން ލެޓްބީ ފަދަ މުޖުރިމުން ކޯޓަށް ހާޒިރު ނުވުމުން ހިތާމަ ކުރައްވާ ކަމަށެވެ. އަދި އެއީ ފިނޑިކަމެއް ކަމުގައިވެސް އޭނާ ވިދާޅުވެފައި ވެއެވެ.

ބޮޑުވަޒީރު ރިޝީ ވިދާޅުވީ އެފަދަ މީހުން ކޯޓަށް ހާޒިރު ނުވުމަށް ގާނޫނީ އިމުގެ ތެރެއިން މިހާރު އޮންނަ ފުރުސަތުތައް ނައްތާލުމަށް ގާނޫނީ އިސްލާހު ގެންނަވާނެ ކަމަށާއި އަނިޔާ ލިބުނު މީހުންގެ އިހުސާސްތައް އަޑުއަހާ އެމީހުންނާ ކުރިމަތިލާން އެފަދަ މުޖުރިމުން ކޯޓަށް ހާޒިރުވާން ޖެހޭނެ ގޮތް ހައްދަވާނެ ކަމަށެވެ.

މިހާދިސާގައި މަރުވި ކުދިންގެ އާއިލާއިން ހިތާމަ ފާޅުކުރަމުންދާއިރު ސަލާމަތްކުރެވުނު ކުދިންގެ އާއިލާއިން ދަނީ އެކުދިންގެ ސަލާމަތާއި ރައްކާތެރިކަމަށް އެޅެން އޮތް ހުރިހާ ފިޔަވަޅެއް އަޅަމުން ކަމަށް ރިޕޯޓްތައް ބުނެއެވެ.

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *