މާލޭގެ މުއިވެޔޮ މަގުގައި ހުރި ގެއެއްގައި އަލިފާން ރޯވެއްޖެ އެވެ.
އެމްއެންޑީއެފުން މައުލޫމާތު ދިން ގޮތުގައި އަލިފާން ރޯވެފައިވަނީ މ. ހުދުކަނީރު ގޭގެ ގުދަނެއްގަ އެވެ.
އެ ފަރާތުން ހާމަކުރި ގޮތުގައި މި ހާދިސާގެ މައުލޫމާތު ލިބުނީ މިއަދު ހެނދުނު 7:45 ހާއިރު ކަމަށެވެ. އަދި އަލިފާން ނިއްވުމަށް ފަޔާ އެންޑް ރެސްކިޔު އިން ހަރަކާތްތެރިވަމުން އަންނަ ކަމަށްވެސް އެމްއެންޑީއެފުން ވަނީ ބުނެފަ އެވެ.
އެމްއެންޑީއެފުން ބުނީ އަލިފާން ރޯވެފަ ހުރީ ހާޑްވެއާ ސާމާނު ރައްކާ ގުދަނެއްގައި ކަމަށާއި ނަމަވެސް މިހާރު ރޯވެފައި ހުރި އަލިފާން ކޮންޓްރޯލް ކުރެވިފައިވާ ކަމަށެވެ.
މިހާދިސާގައި މީހަކަށް އަނިޔާއެއް ލިބުނު ކަމުގެ މައުލޫމާތު މިހާތަނަށް ލިބިފައިނުވާ ކަމަށް އެމްއެންޑިއެފުން ވަނީ ބުނެފަ އެވެ.









