Search Streamline Icon: https://streamlinehq.com

ވަގްނާ ލީޑަރު މަރާލީ ޕުޓިން ކަމަށް ތުހުމަތުކޮށްފި

Img md 202308221116341692684994.4261

ހަތިޔާރު އެޅި ޖަމާއަތް، ވާގްނާގެ ބޮސް ޔެވްގެނީ ޕްރިގޯޒިން އިން ޖެޓެއް ވައްޓާލާ އޭނާ މަަރާލީ ރަޝިއާގެ ރައީސް ވްލަޑިމިއާ ޕުޓިން ކަމަށް ތުހުމަތުކޮށްފިއެވެ.

ޕްރިގޯޒިން އަކީ، ރަޝިޔާ ޔުކްރެއިންގެ ހަނގުރާމައިގައިވެސް އިސް ދައުރެއް އަދާކޮށްފައިވާ މީހެކެވެ. އަދި ޕުޓިންގެ އޯޑަރަށް ގިނަ ކަންތައްތ ކުރައްވަމުން އަންނަ މީހެކެވެ.

ޕްރިގޯޒިންގެ މަރާ ގުޅިގެން، ވާގްނާ ގްރޫޕުން މިއަދުވަނީ އެމީހުންގެ ރަސްމީ ޓެލެގްރާމް ޗެނަލްގައި އިންޒާރުގެ މެސެޖެއް އާންމުކޮށްފައެވެ. މޫނު ނިވާކޮށްގެން އަސްކަރީ ޔުފޯމްގައި ރައިފައލް ހިފައިގެން ތިބި 3 މީހަކު ބުނެފައި ވަނީ، ވާގްނާ ނުނިމޭ ކަމަށާއި އަދި ފެށުނީ ކަމަށެވެ. އެ މެސެޖުގައި ރަޝިއާ އާ ގުޅުގައި އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.

އިނގިރޭސިވިލާތުން ބުނީ، ވެއްޓުނު ބޯޓުގައި ޕްރިގޯޒިން އިން ކަމަށް ރަޝިއާއިން އެހާ އަވަހަށް ބުނުމުން މަންޒަރު ސާފު ކަމަށެވެ. ރަޝިޔާގެ މީޑީޔާތަކުން ރިޕޯޓްކުރާ ގޮތުގައި އިއްޔެ ވެއްޓި ގޮވި ޖެޓްގައި ޕްރިގޯޒިން އިން ކަމަށް މެނިފެސްޓުން ދައްކައެވެ. އަދި އެ ޖެޓް ވެއްޓުނީ، މޮސްކޯއިން އެސްޓީ ޕީޓަސްބާގަށް ދަތުރު ކުރަނިކޮށެވެ. ޖެޓް ވެއްޓެން ދިމާވި ސަބަބު އަދި ރަޝިއާގެ އިދާރާތަކުން ހާމަކޮށްފައި ނުވާ އިރު މައްސަލަ ތަހުގީގު ކުރާ ވާހަކަވެސް ބުނެފައެއް ނުވެއެވެ.

ވާގްނާ ބޮސް ޕްރިގޯޒިން މަރުވި އިރު، މޮސްކޯއަށް އެ ޖަމާއަތުން އަރަން އުޅުނު މައްސަލައިގައި އެ ޖަމާއަތުގެ އިސްވެރިން މޮސްކޯއަށް ހާޒިރުކޮށް ޕުޓިން ވަނީ، ވާގްނާގެ އާ ބޮސް އަކަށް ކުރީގެ ޖެނެރަލެއް ކަމަށް ވާ އެންޑްރޭ ޓްރޮޝޭވްގެ ނަން ހުށަހަޅުއްވާފައެވެ. ނަމަވެސް އޭނާ އަކީ ބޮސް ކަމަށް ޕްރިގޯޒިން ބަލައިގެންފައެއް ނުވެއެވެ.

ޕްރިގޯޒިން މޮސްކޯއަށް އަރަން އުޅުނު މައްސަލައިގައި އޭނާ އަކީ ޣައްދާރެއް ކަމަށް ޕުޓިން ކަނޑައެޅުއްވި ނަމަވެސް ފަހުން އޭނާ މައިދާން ދޫކޮށް ދިޔުމުން ވަނީ، ކުރިން ވިދާޅުވި ވާހަކަ އަނބުރާ ގެންދަވާ އޭނާ އާއި ވާގްނާގެ މެންބަރުންގެ މައްޗަށް ދައުވާ ނުކުރާން ނިންމަވާފައެވެ.

އެގޮތުން އެމެރިކާގެ ރައީސް ޖޯ ބައިޑަން ވިދާޅުވީ، ޕްރިގޯޒިން މަރުވިޔަސް އެކަމުގައި އޭނާ ސަޕްރައިޒް ވެ ވަޑައިނުގަންނަވާ ކަމަށާއި، ކަން ހިނގިގޮތް އަދި މުޅިން އެނގިވަޑައިނުގެންނެވި ނަމަވެސް ރަޝިއާގައި ޕުޓިންގެ އަތެއް ނެތި ކަމެއް ނުހިނގާނެ ކަމަށެވެ.

ޔޫކްރައިންގެ ރައީސް ވްލަޑިމިއާ ޒެލެންސްކީގެ މުޝީރު މައިކޭލޯ ޕޮޑަލިޔަކް ވިދާޅުވީ، ބޯޓު ގޮވުމުގެ ހާދިސާ އަކީ، ކްރެމްލިންއަށް ގައްދާރުވާ ކޮންމެ މީހަކަށް ދިން މެސެޖެއް ކަމަށެވެ.

އެސްޓޯނިއާގެ ބޮޑުވަޒީރު ކަޖާ ކަލާސް ވިދާޅުވީ، ޕުޓިން ގަބޫލު ކުރައްވާ ހަމަތަކާއި އުސޫލުތަކާ ދެކޮޅަށް ވާހަކަ ދައްކާ ކޮންމެ މީހަކު ނައްތާލާނެ ކަމަށެވެ.

ޕޮލަންޑުގެ ހާރިޖީ ވަޒީރު ޒިބިގްނިއު ރައޫ ޕުޓިންގެ ބާރާއި އާރަށް ނުރައްކާ އެއްވެސް މީހަކު ގުދުރަތީ މަރަކުން މަރުނުވާނެ ކަމަށެވެ.

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *