Search Streamline Icon: https://streamlinehq.com

އަލްހާން ފަހުމީގެ ޕާސްޕޯޓް ހިފަހައްޓައިފި

Alhan fahumee

ކޯޓު އަމުރެއްގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ ކުރީގެ މެންބަރު އަލްހާން ފަހުމީގެ ޕާސްޕޯޓް ފުލުހުން ހިފަހައްޓައިފިއެވެ.

ފުލުހުން ވިދާޅުވީ އަލްހާންގެ ޕާސްޕޯތް ހިފެހެއްޓީ އެ އިދާރާއިން ބަލަމުން އަންނަ މައްސަލައަކާއި ގުޅިގެން ކަމަށެވެ. ނަމަވެސް އެމައްސަލައިގެ އިތުރު ތަފްސީލެއް ހާމައެއް ނުކުރެއެވެ.

ކޯޓުއަމުރެއްގެ ދަށުން އަލްހާންގެ ޕާސްޕޯޓް ހިފަހައްޓައި އަލްހާން ފުރުން މަނާކުރުމުގެ އަމުރެއް ކޯޓުން ވަނީ ނެރެފައެވެ. އަލްހާންގެ ޕާސްޕޯޓް ހިފަހާއްޓާފައި ވާއިރު ކިންގް ފޮރެކްސް ޓްރޭޑިން ކުންފުނިން ޕޮންޒީ ސްކީމެއް ހިންގި މައްސަލައާ ގުޅިގެން އަލްހާންގެ މައްޗަށް ފުލުހުން ދަނީ ޖިނާއީ ތަހުގީގެއް ހިންގަމުންނެވެ.

އަލްހާންގެ މަސްލަހަތު އޮންނަ ކިންގްސް ކެޕިޓަލްސްއިން ފެށި ސްކީމުގައި ބައިވެރިވެ، ގިނަ ބަޔަކު ފައިސާ އިންވެސްޓް ކުރި އިރު، ބީއެމްއެލުން ވަނީ މިދިޔަ އަހަރު އެ ކުންފުނީގެ އެކައުންޓްތައް ޑީއެކްޓިވޭޓްކޮށް، ފައިސާ ހިފަހައްޓާފައެވެ.

މި މައްސަލައިގައި ކިންގްސް ކެޕިޓަލުން ވަނީ އެ އެކައުންޓްތައް ޑީއެކްޓިވޭޓް ކުރީ ގާނޫނާ ހިލާފަށް ކަމަށް ކަނޑައެޅުމަށާއި އަދި އެކަމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު ހޯދުމުގެ ހައްގު އެ ކުންފުންޏަށް އޮންނާނެ ކަމަށް ކަނޑައެޅުމަށް ދައުވާ ކޮށްފައެވެ. މި މައްސަލައާ ގުޅިގެން އަލްހާންގެ އޮފީސް ބަލައި ފާސްކޮށް އޭނާގެ ފޯނު ވެސް ފުލުހުން ވަނީ ހިފަހައްޓާފައެވެ.

މި މައްސަލަތަކުގައި އަލްހާނަށް ދަނީ ގިނަ އިންޒާރުތައް ލިބެމުންނެވެ. އެގޮތުން ދާދި ފަހުން ވަނީ އަލްހާން މަރާލާ މީހަކަށް 2 ލައްކަ ރުފިޔާވެސް ހުށަހަޅާފައެވެ.

އެކި ފަރާތްތަކުން (1684 މީހެއް އަތުން) އެ ކުންފުނިން 98 މިލިއަން ރުފިޔާ ނަގާ އެ ފައިސާ އެ ފަރާތްތަކަށް އަނބުރާ ނުދައްކާ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ

ކިންގްސް ކެޕިޓަލްގައި ފައިސާ އިންވެސްޓްކުރި މީހަކަށް 90،000ރ. އަނބުރާ ދައްކަން ކިންގްސްގެ މައްޗަށް ސިވިލް ކޯޓުން މިދިޔަ މެއި މަހު އަމުރު ވެސް ކޮށްފައި ވެއެވެ.

ނަމަވެސް އޭނާ އެ ތުހުމަތުތަކަށް ތަކުރާރުކޮށް އިންކާރު ކޮށްފައިވާއިރު އަލްހާން ވިދާޅުވެފައި ވަނީ، މަނީ ލޯންޑާ ކުރި ކަމަށް ބުނެ، އޭނާގެ ވިޔަފާރި ހުއްޓުވުމަށް ފުލުހުން މެދުވެރިކޮށް ކުރަމުންދާ މަސައްކަތަކީ، އޭނާއަށް ގެއްލުންދީ ބަދުނާމު ކުރުމުގެ ގޮތުން ސިޔާސީ ބަޔަކު އަޑީގައި ތިބެގެން ހިންގާ ޖަރީމާއެއް ކަމަށެވެ.

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *