Search Streamline Icon: https://streamlinehq.com

މެންބަރު ސިރާޖަށް ތާއިދު ކުރެއްވި 3 ސިޔާސީ މީހުން ވަޒީފާއިން ވަކިކޮށްފި

Screenshot 2023 08 21 at 21.24.28 1536x968

ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖަށް ތާއިދުކުރި ސިޔާސީ 3 މުވައްޒަފަކު މިއަދު ވަޒީފާއިން ވަކިކޮށްފިއެވެ.

ވަޒީފާއިން ވަކިކުރި ތިން މުވައްޒަފުންނަކީ:

  1. މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗަރގެ ސީނިއަރ އެގްޒެކްޓިވް ޑިރެކްޓަރގެ މަޤާމުގައި ހުންނެވި މުޙައްމަދު ހަނީފް
  2. ލ.ފޮނަދޫ ޞިއްޚީ މަރުކަޒުގެ ސީނިއާރ އެޑްމިނިސްޓްރޭޓަރ ހެލްތު ސާވިސްގެ މަޤާމުގައި ހުންނެވި ޙަސަން ހަލީލް
  3. މިނިސްޓްރީ އޮފް ހެލްތުގެ ސީނިއަރ އެގްޒެކެޓީވް ޑިރެކްޓަރ ޑިރެކްޓަރގެ މަޤާމުގައި ހުންނެވި އިބްރާހިމް ސިރާޖު

މިތިން މުވައްޒިފުން ވަޒީފާއިން ވަކިކުރިކަން އަންގައި ރައީސް އޮފީހުން ފޮނުވި ސިޓީގައި ސޮއިކޮށްފައިވަނީ އިބްރާހިމް ވަހީދު (މަދަނަ އިބުރޭ) އެވެ. މި ތިން މީހުންނަކީ ސިރާޖު އެމްޑީޕީން ވަކިވުމުން އޭނާއާއިއެކު ތިބި 3 މީހުންނެވެ.

އެމްޑީޕީގެ މެންބަރެއްގެ ގޮތުގައި ހުންނެވި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު، ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އިދިކޮޅު ރިޔަސީ ކެންޑިޑޭޓް ޑރ.މުހައްމަދު މުއިއްޒުއަށް ތާއިދު ކުރައްވަން ވަނީ ނިންމަވާފައެވެ. އެހެންކަމުން ސިރާޖު އެމްޑީޕީން ވަކިވީއެވެ.

ސިރާޖު ވިދާޅުވީ ސިޔާސީ މަސައްކަތް ކުރަނީ މަހު މުސާރައަށް ބަލައިގެން ނޫންކަމަށާއި، މަސައްކަތް ކުރަނީ ރައީސް ޞާލިހު ބަލި ކުރަން ކަމަށެވެ. އަދި 2018 ވަނަ އަހަރު ރިޔާސީ އިންތިހާބުގައި ލ.އަތޮޅުން އެމްޑީޕީ ކެންޑިޑޭޓް ކުރި ހޯދިކަމުގައިވިޔަސް މި އިންތިހާބުގައި އެކަން ބަދަލު ކުރައްވާނެ ކަަމަށް ސިރާޖު ވަނީ ވިދާޅުވެފައެވެ.

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *