Search Streamline Icon: https://streamlinehq.com

އުމަރު ނަސީރަށް މަރުގެ އިންޒާރު ދީފި

Umaru Naseer

މި އަހަރުގެ ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިޚާބުގައި އަމިއްލަ ގޮތުން ވާދަކުރައްވާ ކެންޑިޑޭޓް، ކުރީގެ ހޯމް މިނިިސްޓަރު އުމަރު ނަސީރަށް މަރުގެ އިންޒާރު ދީފިއެވެ.

އެކަން ހާމަކުރައްވާ އޭނާގެ ފޭސްބުކް ގައި ކުރައްވާފައިވާ ޕޯސްޓެއްގައި ވިދާޅުވީ އޭނާގެ ގަޔަށް ވަޅި ޖަހައި މަރާލާނެކަމަށް އިންޒާރު ދިން މީހާ ބުނެފައިވާ ކަމަށެވެ.

މީގެ އިތުރުން އެ މީހާ ކުރި ޓްވީޓުގައި މިފަހަރުގެ އިންތިޚާބުގެ ކެންޕެއިންގައި ކިތައް ކިލޯ ބެހިތޯ ސުވާލުކޮށްފައިވާ ކަމަށާއި ދައުލަތަށް ލާރި ވަންނަނީ މަސްތުވާތަކެތިން ކަމަ ށްވެސް ބުނެފައިވާ ކަމަށް އުމަރު ވަނީ ވިދާޅުވެފައެވެ.

ރާއްޖޭގެ ވެރިކަަމަށް ވަޑައިގަތުމަށް އުމަރު، ކެންޕެއިން ފެށުނީސުރެން ތަފާތު ގޮތްތޮތަށް އެކި އިންޒާރުތަކާއި މަރުގެ އިންޒާރު ލިބެމުންދާތީ އެކަން އެމްއެންޑީއެފްގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށް އުމަރު ވަނީ ކުރިން ވެސް ވިދާޅުވެފައެވެ.

ވަޅި ޖަހައި މަރާލާނެ ކަމުގެ އިންޒާރު އުމަރަށް ދީފައިވާއިރު، މިމަހުގެ ތެރޭގައި ބޭއްވި ކެންޕެއިން ސައިކަލު ބުރެއްގެ ތެރެއިން ވެސް އުމަރަށް ވަނީ ދަނގަޑު ބުރިއަކުން ހަމަލާއެއް ދީފައެވެ.

Leave a Reply

Your email address will not be published. Required fields are marked *