Search Streamline Icon: https://streamlinehq.com

ލ. މާވަށަށް ރައީސްގެ ގިނަ ވައުދުތަކެއް

F4oA9kqWUAE4M4x

އެމްޑީޕީގެ ވެރިކަމެއްގައި ލ. މާވަށަށް ގިނަ ކަންތައްތަކެއް ކޮށްދެއްވަން ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވައުދުވެވަޑައިގެންފިއެވެ.

ރައީސް އެރަށް ގިނަ ކަންތައްތަކެއް ކޮށްދެއްވަން ވައުދުވެވަޑައިގަތީ ލ.އަތޮޅަށް ކުރައްވަމުން ގެންދަވާ ކެމްޕޭނު ދަތުރުފުޅުގައި ލ.މާވަށަށް ވަޑައިގެން އެރަށު ރައްޔިތުންނާއި ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ޞާލިޙުގެ ވާހަކަފުޅުގައި ވިދާޅުވީ މިހާރު މިދަނީ އޭރު ދުށް ޖަޒީރާ ރާއްޖޭގެ މަންޒަރު ފުރިހަމަވަމުން ކަމަށާއި ކުރިއަށް ދެންއޮތީ އުފާވެރި އަމާން ރާއްޖެއަކަށް ކުރާ ދަތުރު ކަމަށެވެ.

އަދި އެކަމަށްޓަކާ ބޭނުންވާ ކަންތައްތަކެއް އެބަހުރި ކަމަށާއި އޭގެ ތެރޭގައި އެއްތަނުން އަނެއް ތަނައް ފަސޭހައިން ދަތުރުކުރުމާއި، ސިއްޚީ ޚިދްމަތް ގާތުން ލިބުން، ރަށުން ތަޢުލީމު ލިބުން ފަދަ ކަންކަން ހިމެނޭ ކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ ކުރިއަށްއޮތް ފަސް އަހަރު ލާމު އަތޮޅުގެ ދެކުނުގައި އެއަރޕޯޓެއް އަޅުއްވާނެ ކަމަށާއި، މާވަށު ރައްޔިތުން އެދިލައްވާ އައިސްޕްލާންޓްގެ މަސައްކަތާއި، ފުޓުބޯޅަ ދަނޑުގައި ޓާފް އެޅުމުގެ މަސައްކަތާއި، އައު ވޮލީކޯޓެއް އެޅުމުގެ މަސައްކަތާއި، ބޯހިޔާވަހިކަމުގެ މައްސަލަ ހައްލު ކުރުމުގެ ގޮތުން ހައުސިންގ ސްކީމްއެއްގެ ދަށުން ރޯހައުސް އެޅުމުގެ މަސައްކަތާއި، ސިއްޚީ މަރުކަޒު ތަރައްޤީކޮށް އެތަނުން ލިބޭ ޚިދްމަތްތައް ޒަމާނީފެންވަރަށް ބަދަލުކުރުމުގެ މަސައްކަތާއި މާވަށު ރައްޔިތުން އެދޭ ވަރަށް ރަށުގެ ބިން ހިއްކުމުގެ މަސައްކަތްވެސް ކުރިއަށް  އޮތް ފަސް އަހަރު ދުވަސްތެރޭގައި ކޮށްދެއްވާނެ ކަމަށް ރައީސް ޞާލިޙް ވިދާޅުވިއެވެ.

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *