Search Streamline Icon: https://streamlinehq.com

އަޅުގަނޑުމެންގެ ސަރުކާރެއްގައި ބޭނުންހާ ގޮތަކަށް އަމިއްލަ ފައިދާތަކެއް ހޯދަން މިހާރު މި ހިނގާ ބޮޑެތި ކަންކަމެއް ނުހިންގޭނެ: މުއިއްޒު

F4t uhkaEAEYTfa

ޤައުމަށް ޤައްދާރުވެ އަމިއްލަ ފައިދާތައް ހޯދަން މިހާރު މި ހިނގާ ބޮޑެތި ކަންތައް ޕީޕީއެމް/ޕީއެންސީގެ ސަރުކާރެއްގައި ނުހިންގޭނޭ ކަމަށާއި އެގަފަ ކަންކަން ކުރާ ފަރާތްތަކަށް އަދަބު ދިނުމަށް އެކަމަށް ޚާއްސަ ޤާނޫނެއް ހައްދަވާނެ ކަމަށް ޕީއެންސީ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

 ރިޔާސީ ކެމެޕޭނުގައި ރ.ދުވާފަރުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޑރ މުޢިއްޒު ވިދާޅުވީ އެމަނުގެ ވެރިކަމެއްގައި ގައުމަށް ޤައްދާރުވާ މީހުންނަށް އަދަބު ދިނުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ޤާނޫނެއް ފާސްކުރައްވާނެ ކަމަށެވެ.

ޖަލްސާގައި ވާހަކަދައްކަވަމުން މުޢިއްޒު ވިދާޅުވީ އެންމެ އިސް ސިޔާސަތަކަށް ހައްދަވާނީ ރާއްޖޭގެ މިނިވަންކަމާއި އަމިއްލަވަންތަކަން ދެމެހެއްޓުން ކަމަށާއި އެކަން ގެއްލޭ ގޮތަށް މި ސަރުކާރުގެ ބައެއް ވެރިން ޢަމަލުކޮށްފައިވާ ކަމަށެވެ. އަދި އެފަދަކަންކަން ކުރުމަކީ ޤައުމަށް ޤައްދާރުވުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި އެފަދަ ކަންކަން ކުރާ ފަރާތްތަކަށް އަދަބު ދެވެން ޖެހޭ ކަމަށް ވެސް ޑރ މުޢިއްޒު ވިދާޅުވިއެވެ.

މުޢިއްޒުގެ ވާހަކަފުޅުގައި ވަނީ އަޑި ނޭނގޭ އެއްބަސްވުންތަކާއި ރާއްޖޭގައި ބޭރުގެ ސިފައިން ބޭތިއްބުމަކީ ގައްދާރުވުމުގެ ގޮތުގައި ސިފަކުރައްވާފަ އެވެ. އަދި އެއީ ޤައުމުގެ މިނިވަންކަމަށް ބުރޫއަރާފައިވާ ކަމެއް ކަމަށާއި އެއިން ކޮންމެ އެއްބަސްވުމެއް ބަލައި މިނިވަންކަން ގެއްލޭ ގޮތަށް ހުރި ކަންކަން ހައްލު ކުރައްވާނެ ކަމަށް މުޢިއްޒު ވަނީ ވިދާޅުވެފައެވެ.

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *