Search Streamline Icon: https://streamlinehq.com

އަންހެނުންނަކީ ކޮންކަހަލަ ބައެއްކަން އެނގިއްޖެ ހެއްޔެވެ؟

Water well fenvaru

ދޭހަ: ވަޅެެއް ކައިރީގައި ފެންފުރަން ހުރި އަންހެނެއް ކައިޔަށް ގޮސް ފިރިހެނަކު ސުވާލު ކުރިއެވެ. “ކަނބުލޯއެވެ. އަންހެނުންނަކީ ކިހާ މަކަރުވެރި (ރޭވުންތެރި) ބައެއްކަން އަހުރެންނަށް ބުނެދީފާނަން ހެއްޔެވެ.؟”

އެހިނދު މިކަނބުލޭގެ (އަނގައިން ބަހެއްވެސް ބުނެ ނުލައި) ވަޅުކައިރީގައި ހުއްޓި ހުރެ، އަވަށު އެންމެންނަށް އަޑު އިވޭ ވަރަށް ބާރަށް ރޯން ފެށްޓިއެވެ. (އެހީތެރިކަމަށް އެދި ގޮވަމުންނެވެ.) އެކަމާ މިފިރިހެން މީހާ ސުވާލުކުރިއެވެ. “ކަނބުލޯއެވެ. ތިޔަރޮނީ ކޮންކަމާ ހެެއްޔެވެ.؟ ކޮންކަމަކާ ބިރުން ހެއްޔެވެ.؟”

އެކަނބުލޯގެ ޖަވާބު ދިނެވެ. “އަވަށު މީހުންނަށް އަޑު އިވިގެން އެމީހުން އަންނަންދެނެވެ. އެމީހުން އައިސް ކަލޭ އަހުރެންނަށް ގެއްލުންދޭން އުޅެނީ ކަމަށް ހިތައި، (އަހުރެންގެ ޢިއްފަތްތެރިކަން ފޭރިގަންނަން އުޅެނީކަމަށް ހިތައި) ކަލެއަށް އަނިޔާކޮށް ކަލޭ މަރާލާންދެނެވެ.”

ފިރިހެން މީހާ ބުންޏެވެ. “ސުބުޙާނަﷲ އެވެ. އަހުރެން މިތަނަށް އައީ ތިބާ އަށް ގެއްލުމެއް ދޭކަށް ނޫނެވެ. އަދި ތިބާގެ ރީތިކަން ފެނިފައި ތިބާގެ ފުށުން ނުބައި އެދުމެއް ހާސިލް ކުރަން ނިޔަތްގަނެގެނެއްވެސް ނޫނެވެ. އެކަމަކު ތިބާގެ ބުއްދިވެރިކަން ފާހަނގަކުރެވުނީމައި ސުވާލުކޮށްލަން ވެގެންނެވެ.”

އެހިނދު އެކަނބުލޯގެ ބާލިދީ ނަގާފައި ވަޅުން ފެންބާލިދިއެއް ފުރިއެވެ. އެއަށް ފަހު ފެންތައް ބޮލަށް އަަޅައި ރަނގަށް ތެމިއްޖެއެވެ. މިކަމާ ފިރިހެން މީހާ އަޖައިބުވެފައި ސުވާލުކުރިއެވެ. “ތިޔައީ ކޮންކަމެއް ހެއްޔެވެ.؟”

ކޮންމެއަކަސް މިވާހަކައިގައި ދެވެރިން ތިއްބައި، ހިނިހޮރަކުން ހިނިތަކެއް ނިކުމެގެން އަންނަހެން އަވަށު މީހުންތައް އެކިދިމަދިމާލުން އައިސް ވަޅުކައިރިޔަށް ޖަމަޢުވެއްޖެއެވެ. އަދި ވެގެން އުޅޭ ގޮތެއް މިކަނބުލޯގެ ކައިރިން އެހުމުން ބުންޏެވެ. “އަހުރެން މިވަޅަށް ވެއްޓުނީއެވެ. މިފިރިހެން މީހާ އަހުރެން ސަލާމަތް ކޮށްދިނީއެވެ.”

ދެންފަހެ މިކަމާ އަވަށު މީހުންތައް މި ފިރިހެން މީހާ އަށް ފަށްފަށުން ޝުކުރުއަދާކޮށް ތަޢުރީފުކޮށްފައި އެނބުރި ހިނގައްޖެއެވެ.

އެންމެން އެނބުރި ދިޔުމުން އެކަނބުލޭގެ ފިރިހެން މީހާ ގާތުގައި ބުންޏެވެ. “އަންހެނުންނަކީ ކޮންކަހަލަ ބައެއްކަން އެނގިއްޖެ ހެއްޔެވެ. އަންހެނުންގެ ގޮތަކީ މިއީއެވެ. ތިބާ އެމީހުންނަށް ގެއްލުމެއް ދީފި ނަމަ އެމީހުން ތިބާ ހަލާކުކޮށްލާނެއެވެ. މަރާލާނެއެވެ. ތިބާ އެމީހުން ހިތްހަމަ ޖައްސައިދީފިނަމަ އެމީހުން ތިބާ އުފާކޮށްދޭނެއެވެ. (އަހަންނަށްވެސް 2 އިޚްތިޔާރު އޮތެވެ. އެއްގޮތަކީ ތިބާއަށް އަނިޔާކޮށް މަރާލުމެވެ. އަނެއް ގޮތަކީ އަވަށު އެންމެން ލައްވާ ތިބާ އަށް ތާރީފް ކުރުވުމެވެ.)

އޭރު މިމަންޒަރު ބަލަން ތަންކޮޅެއް ދުރުގައި، ޝައިޠާނާ ކޮސްވެފައި ހުއްޓެވެ.

Leave a Reply

Your email address will not be published. Required fields are marked *


ގުޅުންހުރި