Search Streamline Icon: https://streamlinehq.com

ގދ. ތިނަދު އަށް ސިޓީއެއްގެ ދަރަޖަ ދޭން ރައީސް ސޯލިހު ނިންމަަވައިފި

F4oA9koW0AAjAs8

ލާމަރުކަޒީ ގާނޫނުން ރައީސަށް ލިބިވަޑަައިގަންނަވާ ބާރުގެ ދަށުން ގދ. ތިނަދު އަށް ސިޓީއެއްގެ ދަރަޖަ ދޭން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިންމަަވައިފި އެވެ.

ރައީސް އެކަން އިއުލާންކުރެއްވީ އެމްޑީޕީގެ ރިޔާސީ ކެމްޕެއިނަށް ގދ. ތިނަދޫގައި ބޭއްވި ޖަލްސާގަ އެވެ.

މި ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ މިއަދު ރޫޙު މިވަނީ ފެންމީރު ތިނަދޫ ސިޓީއާއި އެކުގައި ކަމަށާއި ތިނަދޫ އަކީ ރާއްޖޭގައި ގާއިމް ކުރެވުނު ފަސްވަނަ ސިޓީކަމަށެވެ.

”މިއަދު ރޫހު ވަނީ މި ފެންމީރު ތިނަދޫ ސިޓީއާ އެކީގައި. އާދެ ތިނަދޫ އަކީ ރާއްޖޭގައި ގާއިމްކުރެވުނު ފަސްވަނަ ސިޓީ. މަރުހަބާ ތިނަދޫ ސިޓީ،“ ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ތިނަދޫ ކައުންސިލުގެ ފަރާތުން މި ރަށަށް ސިޓީއަކަށް ހެދުމަށްޓަކައި މިދިޔަ އަހަރުގެ ޖެނުއަރީ މަހާއި އޮގަސްޓް މަހު ވެސް އެލްޖީއޭ އަށް އެކަން ހުށަހެޅި ކަމަށެވެ. އެ ހުށަހެޅި ހުށަހެޅުންތަކަށް ބަލައި ލާމަރުކަޒީ ގާނޫނުގައިވާ ބުނާ ހުރިހާ ޝަރުތުތަކެއް ފުރިހަމަ ވާތީ ތިނަދޫ ސިޓީއަކަށް ހަދަން ނިންމައި، އެ ގަރާރުގައި ސޮއިކުރައްވާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ކުރިން ވިދާޅުވެފައި ވަނީ މި ސަރުކާރުގެ ތަރައްގީގެ ސިޔާސަތުގައި ތިނަދުއަކީ މުހިންމު ރަށެއް ކަމަށެވެ. ސިޓީއަކަށް ބަދަލުކުރަން ބޭނުންވާ ހުރިހާ ވަސީލަތްތަކެއް މި ރަށުގައި ގާއިމު ކުރައްވާނެ ކަމަށާއިއޭގެ ތެރޭގައި ބައިނަލްއަގްވާމީ ކޮމާޝަލް ޕޯޓަކާއި ތިނަދޫ ކައިރީގައި އެއާޕޯޓަކާއި ޓާޝަރީ ހޮސްޕިޓަލެއް އެޅުމުގެ މަސައްކަތް ހިމެނޭ ކަމަށް ރައީސް ވިދާޅުވި އެވެ.

ޓޫރިޒަމަށް ބަލާއިރު މި އަތޮޅުގައި ޓޫރިޒަމް ތަރައްގީ ކުރުމަށްޓަކައި ފައްކާވެފައިވާ ރަށްތައް ހުރި ކަމަށް ވެސް ވިދާޅުވެފައިވެ އެވެ.

ތިނަދޫގެ އާބާދީގައި 8،000 އެއްހާ މީހުން އުޅެ އެެވެ. އޭގެ ތެރެއިން ރަށުގައި ދިރިއުޅެނީ 5،000 އެއްހާ މީހުންނެވެ.

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *