Search Streamline Icon: https://streamlinehq.com

ބ. ގޮއިދޫގެ ސިއްޚީ މަރުކަޒުގެ ޖާގަ އިތުރުކޮށް، ރަނގަޅު ފެންވަރަކަށް ހަދައިދޭނަން.: މުއިއްޒު

Muizzu 2023 fenvaru

ބ. ގޮއިދޫގެ ސިއްޚީ މަރުކަޒުގެ ޖާގަ އިތުރުކޮށް، ސިއްޚީ މަރުކަޒު ރަނގަޅު ފެންވަރަކަށް ހަދައިދޭނެ ކަމަށް ވިދާޅުވެ، ޕީޕީއެމް/ޕީއެންސީ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންފިއެވެ.

މިހާރު ބ. އަތޮޅަށް ކުރައްވަމުން ގެންދަވާ ކެމްޕެއިން ދަތުރުފުޅުގައި އެ އަތޮޅު ގޮއިދޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްްވާ ވާހަކަފުޅުދައްކަވަމުން މުއިއްޒު ވިދާޅުވީ ގޮއިދޫ ހެލްތު ސެންޓަރު ރަނގަޅު ކުރަންޖެހޭކަމަށާއި އަދި ޖާގަ އިތުރު ކުރަންޖެހޭކަމަށެވެ. އަދި މިކަން ކޮށްދެއްވާނޭ ކަމަށެވެ.

މި ޖަލްސާގައި ވާހަދައްކަވަމުން މުއިއްޒު ވިދާޅުވީ އެރަށުގެ ސިއްޚީ މަރުކަޒު ރަނގަޅު ފެންވަރަކަށް ހަދައިދިނުމުގެ އިތުރުން،  ގޮއިދޫ ބަނދަރު ހަދައިދިނުމާއި ފުޓުބޯޅަ ދަނޑު ތަރައްޤީކުރުމާއި ސްކޫލަށް ބޭނުންވާ ޖާގަ އިތުރު ކޮށްދިނުމުގެ މަސައްކަތް ވެސް ކޮށްދެއްވާނޭ ކަމަށެވެ.

”ގޮއިދޫ ހެލްތު ސެންޓަރު ރަނގަޅު ކުރަންޖެހޭ. ޖާގަ އިތުރު ކުރަންޖެހޭ. މިކަން ކުރުމުގެ އިތުރުން، ގޮއިދޫ ބަނދަރު ހަދައިދިނުމާއި ފުޓުބޯޅަ ދަނޑު ތަރައްޤީކުރުމާއި ސްކޫލަށް ބޭނުންވާ ޖާގަ އިތުރު ކޮށްދިނުމުގެ މަސައްކަތް ކޮށްދޭނަން“. ޑރ.  މުޢިއްޒު ވިދާޅުވިއެވެ.

ރާއްޖޭގެ އެކި ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ކެމްޕެއިން ދަތުރުފުޅުފައި މުއިއްޒު ގެންދަނީ އެކި ރަށްރަށަށް ވަޑައިގެން ތަފާތު އެކި ވައުދުތައް ވަމުންނެވެ.

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *