Search Streamline Icon: https://streamlinehq.com

ބަނގުރާ ކައްކާ ސާމާނާއެކު ފޭދޫއިން 3 މީހަކު ހައްޔަރުކޮށްފި

Viber image 2023 08 31 13 17 58 363 8f037872f1

އައްޑު ސިޓީ ފޭދޫގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި 3 މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ ބަނގުރާ ކައްކާ ވިއްކާ ކަމުގެ  މައުލޫމާތު ލިބުމާއި ގުޅިގެން ރޭ ފޭދޫގެ ގެއެއް ބަލާ ފާސްކުރެވުނު ކަމަށެވެ. މި އޮޕަރޭޝަނުގައި ދިވެހި 3 ފިިރިހެނުން ހައްޔަރުކޮށްފައިވާއިރު ބަނގުރާ ކައްކަން ގެންގުޅުނު ސާމާނުވެސް ވަނީ ފެނިފައެވެ.

އެ ގޯތިތެރެ ބަލައިފާސްކުރިއިރު ބަނގުރާ ކަމަށް ބެލެވޭ އެއްޗެއްހުރި 5 ލީޓަރުގެ ތިން ފުޅިއާއި، 7 ހަން އަދި ބަނގުރާ ކެއްކުމަށް ބޭނުންކުރާކަމަށް ބެލެވޭ ސާމާނު ފެނިފައިވާ ކަމަށް ފުލުހުން މައުލޫމާތު ދީފައިވެއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރު ކޮށްފައިވަނީ  އުމުރުން  20 އަަހަރުގެ މީހަކާއި 25 އަހަރުގެ މީހެއްގެ އިތުރުން 33 އަހަރުގެ މީހެކެވެ. ފުލުހުން ބުނެފައިވަނި މި މައްސަލަ ތަހުގީގު ކުރަމުން ގެންދާ ކަމަށެވެ.

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *