Search Streamline Icon: https://streamlinehq.com

ޅ. އޮޅުވެލިފުއްޓަށް ރައީސްގެ ގިނަ ވައުދުތަކެއް !

F42W 8Ib0AAlCyR

ޅ. އަތޮޅުގައި އެކަހެރިކޮށް އޮންނަ އޮޅުވެލިފުއްޓަށް ދެވަނަ ދައުރެއް ލިބިއްޖެ ނަމަ ގިނަ ކަންތައްތަކެއް ކޮށްދެއްވާނެ ކަމުގެ ވައުދު ރަައީސް އިބްރާހިމް މުޙައްމަދު ޞާލިހު ވެވަޑައިގެންފިއެވެ.

ޅ. އަތޮޅަށް މިއަދު ކުރައްވަމުން ގެންދަވާ ކެމްޕެއިން ދަތުރުފުޅުގައި، އެ އަތޮޅު އޮޅުވެލިފުއްޓަށް ވަޑައިގެން ރައީސް ދެއްކި ވާހަކަފުޅުގައި ވިދާޅުވީ އޮޅުވެލިފުށީ ރައްޔިތުންނަށްޓަކައި މަސައްކަތް ކޮށްދެއްވިއިރު އަބަދު ވެސް ސަރުކާރުތަކުން އޮތީ މި ރަށް ބާކީކޮށްލައިފައި ކަމަށާއި އަސާސީ ޚިދުމަތްތައް ދިނުމުގައި ވެސް ކުރީގެ ސަރުކާރުތަކުން ތަފާތުކުރުންތައް ގެންގުޅެމުން އައި ކަމަށެވެ.

އަދި، އޭރު ވެސް މި ރަށުގެ ރައްޔިތުން ބުނަމުން ދިޔައީ އޭރުގެ ސަރުކާރުގެ ސިޔާސަތުތައް ކަމުނުދާ ވާހަކަ ކަމަށްވެސް ރައީސްގެ ވާހަކަފުޅުގައި ވިދާޅުވިއެވެ. އަތޮޅުގައި މީހުން ދިރިއުޅޭ ރަށްތައް ތަރުތީބުވެފައި އޮތް ގޮތުން އޮޅުވެލިފުއްޓަކީ އެކަހެރިކޮށް ތަންކޮޅެއް ދުރުގައި އޮންނަ ރަށެއްކަމަށާއި އެއަތޮޅުގެ މީހުން މި ސަރަހައްދަށް ކިޔާނީ ޖާވާކަރަ ކަމަށް ވެސް ރަައީސް ވިދާޅުވިއެވެ.

ނަމަވެސް މި ފަސް އަހަރު ކުރެވުނު މަސައްކަތުގައި މި ރަށުގައި މަސައްކަތްތަކެއް ކުރެވެމުން އަންނަ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. އަދި، އޭގެ ތެރެއިން ބައެއް މަސައްކަތްތައް ނިމި ޚިދުމަތް ލިބެމުން އަންނަ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.

ދެވަނަ ދައުރެއް ލިބިވަޑައިގެންފިނަމަ އޮޅުވެލިފުއްޓަށް ރައީސް ކޮށްދެއްވާނޭ ކަމަށް ވެފައިވާ ވައުދުތަކަކީ އެ ރަށުގެ ބިން އިތުރުކޮށް، ފުލެޓު ނުވަތަ ރޯ ހައުސް އެޅުމާއި، ރަށުގެ ބޮޑެތި މަގުތަކުގައި ތާރު އަޅައި ޒަމާނީކުރުމާއި ހެލްތު ސެންޓަރު 24ގަޑިއިރަށް ޚިދުމަތް ދޭ ތަނަކަށް ހެދުމާއި، ބީއެމްއެލް އޭޓީއެމްގެ ޚިދުމަތް ދިނުމާއި ކައުންސިލް އިދާރާ އޮފީހެއް އަޅައިދިނުމުގެ އިތުރުން އާ މިސްކިތެއް އަޅައިދިނުމުގެ ވައުދެވެ.

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *