Search Streamline Icon: https://streamlinehq.com

މައިންބަފައިންނަށް އުރެދުމަކީ، ތިމާގެ އަޅުކަންތަކުގައި ޖެހޭ ލައްތަކެއް: ޚުތުބާ

08 24 21 how your childhood affects your parenting

މައިންބަފައިންނަށް އުރެދުމަކީ، ތިމާގެ އަޅުކަންތަކުގައި ޖެހޭ ލައްތަކެއްކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.

”މައިންބަފައިންނަކީ ސުވަރުގޭގެ ދޮރުކޮޅުތަކެއް“ މި މައުޟޫއަށް ރާއްޖޭގެ އެކިކަންކޮޅުތަކަށް އިއްވި ޚުތުބާގައި ބުނީ މާތްﷲ އަށާއި، ކީރިތި ރަސޫލާ صَلَّى ٱللَّٰهُ عَلَيْهِ وَآلِهِ وَسَلَّمَ އަށް އަދާކުރަން ޖެހޭ ހައްގުތަކަށް ފަހު، ދެން މުސްލިމުންގެ މައްޗަށް އެންމެ އިސް ހައްގަކީ، މައިންބަފައިންނަށް އަދާކުރަންޖެހޭ ހައްގުތައްކަމަށެވެ.

ޚުތުބާގައި ބުނީ މައިންބަފައިންނަށް އުރެދުމަކީ، ތިމާގެ އަޅުކަންތަކުގައި ޖެހޭ ލައްތަކެއް ކަމަށާއި މައިންބަފައިން މުސްކުޅިވެ އެ ދެމީހުންނަށް ޚިދުމަތް ކުރުމުގެ ފުރުސަތު ލިބުނު މީހާ، އޭނާ އަށް ސުވަރުގޭގެ ދޮރުކޮޅެއް ހުޅުއްވައިދެއްވީތީ، އެކަމަށްޓަކައި މާތްﷲ އަށް ޝުކުރުވެރިވާންޖެހޭނެ ކަމަށެވެ.

އަދި މައިންބަފައިންނަށް އަޅާލުމާއި ކަމޭހިތުމަކީ، އެކަމުގެ ޖަދަލުކޮށްގެން ވާނެ ކަމެއް ނޫން ކަމަށާއި، މައިންބަފައިން ހިތުގައި ޖެހުނަ ދީގެން ނުވާނެކަމަށްވެސް ޚުތުބާގައި ވަނީ ބުނެފައެވެ. މީގެ އިތުރުން، މައިންބަފައިންގެ ހައްގުތަކަށް ރައްކާތެރިވުމަކީ، ސުވަރުގެ ވަނުމަށް ހުޅުވިފައިވާ ދޮރެއް ކަމަށާއި، މައިންބަފައިންގެ ހައްގުތަކަށް ރައްކާތެރި ނުވުމަކީ، ސުވަރުގޭގެ އެ މަތިވެރި ނިޢުމަތުން މަހްރޫމް ވެގެންދާނެކަމެއް ކަމަށްވެސް ޚުތުބާގައ ބުނެފައިވެއެވެ.

މުސްލިމް އަޚުންނޭވެ! މުސްކުޅިވެފައިވާ މައިންބަފައިންނަށް ޚިދުމަތްކުރާނެ ފުރުސަތު ލިބުނު މީހާ، އެކަމަށްޓަކައި ﷲ އަށް ޝުކުރުވެރި ވާށެވެ! އޭނާއަށް ސުވަރުގޭގެ ދޮރުކޮޅެއް ހުޅުއްވައި ދެއްވީތީއެވެ. މައިންބަފައިންނަށް އުރެދުމަކީ، ތިމާގެ އަޅުކަންތަކުގައި ޖެހޭ ލައްތަކެކެވެ.

މީގެ އިތުރުން ޚުތުބާގައި ބުނީ، މުސްކުޅި މައިންބަފައިންނާއިއެކު އެއް ގެއެއްގައި އުޅުމަކީ، ދަރިންނަށް މިއަދު ހުތުރު ކަމަކަށް ވެފައިވާކަމަށާއި، މުސްކުޅި މައިންބަފައިން ނުކުޅެދޭ މީހުންނަށް ހާއްސަ ހިޔާވަހިތަކުގައި ބައިތިއްބަން ދަރިން ބޭނުންވާކަމަށެވެ.

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *