މިމަހުގެ 9 ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިޚާބު ޑރ މުއިއްޒު ކާމިޔާބު ކުރައްވާނީ އެއްބުރުންކަމަށާއި ދެވަނަ ބުރަކަށް ދާކަށް ދިވެހި ރައްޔިތުން ތައްޔާރެއް ނޫންކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުالله ވިދާޅުވެއްޖެ އެވެ.
އަބްދުއްރަހީމް މިފަދައިން ވިދާޅުވެފައި ވަނީ ޑރ މުއިއްޒު ހައްދުންމައްޗަށް ކުރައްވާ ރިޔާސީ ކެމްޕޭނު ދަތުރުފުޅުގައި ފޮނަދޫއަށް ވަޑައިގެން އެ ރަށުގައި ބޭއްވި ރިޔާސީ ކެމްޕޭނު ޖަލްސާއެއްގައި ވާހަކަދައްކަވަމުން ނެވެ.
އަބްދުއްރަހީމް ވިދާޅުވީ މީ ދެވަނަ ބުރަކަށް ގެންގޮސް ރައްޔިތުންގެ ތަރައްގީގެ ކަންކަމަށް ހުރި ފައިސާ އިސްރާފުކުރަން ޖެހޭ ވަރުގެ އިންތިޚާބެއް ނޫން ކަމަށާއި ރައްޔިތުން މި އިންތިޚާބު ދެވަނަ ބުރަކަށް ގެންގޮސް ފައިސާ އިސްރާފުކުރަން ބޭނުންނުވާނެކަމަށެވެ.
އަދި ރިޔާސީ އިންތިޚާބު ޑރ މުއިއްޒު ކާމިޔާބު ކުރައްވާނީ އެއްބުރުންކަމަށާއި ދެވަނަ ބުރަކަށް ދާކަށް ދިވެހި ރައްޔިތުން ތައްޔާރެއް ނޫންކަމަށް އަދުރޭ ވިދާޅުވިއެވެ. އަދި ރައްޔިތުން ބޭނުންވަނީ އެއްބުރުން މި އިންތިޚާބު ޑރ މުއިއްޒަށް ކާމިޔާބުކޮށްދޭންކަމަށާއި ދެވަނަ ބުރަކަށް ގޮސްގެން ރައްޔިތުން ފައިސާ އިތުރު 40 މިލިއަން ރުފިޔާ ޚަރަދުކުރުމަކީ އެއީ ބޭކާރު ކަމެއްކަމަށް ރައްޔިތުން ގަބޫލުކުރައްވާ ކަމަށް ވެސް އަދުރޭ ވިދާޅުވިއެވެ.
”ރިޔާސީ އިންތިޚާބު ޑރ މުއިއްޒު ކާމިޔާބު ކުރައްވާނީ އެއްބުރުން. ދެވަނަ ބުރަކަށް ދާކަށް ދިވެހި ރައްޔިތުން ތައްޔާރެއް ނޫން. ރައްޔިތުން ބޭނުންވަނީ އެއްބުރުން މި އިންތިޚާބު ޑރ މުއިއްޒަށް ކާމިޔާބުކޮށްދޭން. ދެވަނަ ބުރަކަށް ގޮސްގެން ރައްޔިތުން ފައިސާ އިތުރު 40 މިލިއަން ރުފިޔާ ޚަރަދުކުރުމަކީ އެއީ ބޭކާރު ކަމެއްކަމަށް ރައްޔިތުން ގަބޫލުކުރަނީ“. އަދުރޭ ވިދާޅުވިއެވެ.









