Search Streamline Icon: https://streamlinehq.com

ރިޔާސީ އިންތިޚާބާ ދިމާކޮށް ބޮޑެތި މުޖުރިމުން ހިމެނޭހެން ގިނަ ކުއްވެރިންތަކެއް ދޫކޮށްލަނިީ

373628995 1512919306192445 1247005538880503152 n

ކުރިޔަށް އޮތް ރިޔާސީ އިންތިހާބާއި ދިމާކޮށް ރައީސް އިބްރާހިމް މުހައްމަދު ސޯލިޙް މިއަދު ޖަލުން މިނިވަންކުރާ 32 މީހެއްގެ ލިސްޓް މީސްމީޑިއާގައި އާންމުވެއްޖެއެވެ.

މިއަދު މީސްމީޑިއާގައި ދައުރުވަމުން އަންނަ  ލިސްޓްގައި ބޮޑެތި ކުއްތަކަށް އަރައިގަނެގެން ހުކުމް ތަންފީޒް ކުރަމުންއަންނަ ކުއްވެރިންވެސް ހިމެނެއެވެ. އެގޮތުން ލިސްޓުގައި ހިމެނޭ މީހުންގެ ތެރޭގައި މަސްތުވާތަކެތީގެ ބޮޑެތި ޑީލަރުންނާއި މީހުން މަރާ ކުއްސާބިތުވެފައިތިބި ޤާތިލުންގެ އިތުރުން ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ކުއް ސާބިތުވެ ހުކުމް ތަންފީޒް ކުރަމުންދާ ކުއްވެރިންވެސް ހިމެނެއެވެ.

މިނިވަން އިންސާފުވެރި ތާހިރު ވެރިކަމެއް ކުރައްވާނެކަމަށް ވައުދުވެ، ވެރިކަމަށް އައި އެމްޑީޕީ ސަރުކާރުން ވެރިކަމަށް އައި ހިސާބުން 2022 ވަނަ އަހަރުގެ ނިޔަލަށް 600 އަށް ވުރެ ގިނަ ކުއްވެރިން އެކިއެކި އިންތިހާބުތަކާއި ދިމާކޮށްވަނި މިނިވަން ކޮށްފައެވެ.

 

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *