Search Streamline Icon: https://streamlinehq.com

ރައީސް ޞާލިހުއަކީ ކެތްތެރިކަމުގެ ސިޔަ ހުންނެވި ބޭފުޅެއް: ޝައިޚް އިލްޔާސް

375756852 627802306125718 1387149599762080938 n

މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އިބުރާހީމް މުޙައްމަދު ޞާލިހުއަކީ ވެރިއެއްގެ ކިބައިގައި ހުންނަންޖެހޭ ކެތްތެރިކަމުގެ މަޑުމައިތިރި ސިފަ ހުންނެވި ބޭފުޅެއްކަމަށް ރާއްޖޭގެ މަޝްހޫރު ދީނީ ޢިލްމުވެރިޔާ ޝައިޚް އިލްޔާސް ހުސެއިން ވިދާޅުވެއްޖެއެވެ.

ރައީސް ޞާލިހުއަށް ޢިލްމުވެރިންގެ ތާއީދުއޮތް ކަން ހާމަކުރުމަށް ގިނަ ދީނީ ޢިލްމުވެރިން ބައިވެރިވެގެން މިއަދު ބޭއްވި ނޫސްވެރިންހެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޝައިޚް އިލްޔާސް ވިދާޅުވީ ނޫސްވެރިންގެ ބައްދަލުވުން ފެށުމުގެ ކުރިން އެއްކަމެއް ފާހަގަކޮށްލަން ޖެހޭ ކަމަށާއި އެގޮތުން އެ ކަމަކީ މިހާރުގެ ރައީސް އިބުރާހީމް މުޙައްމަދު ޝާލިހުއަކީ ވެރިއެއްގެ ކިބައިގައި ހުންނަންޖެހޭ ކެއްތެރި ކަމުގެ ސިފަ ހުންނެވި ބޭފުޅެއް ކަމަށެވެ.

އިލްޔާސް ވިދާޅުވީ ރައީސް ޞާލިހުއަކީ އެތެރެއާއި ބޭރުގެ ދުއްތުރާތައް ކުރިމަތިވިއިރު، މީގެ ކުރީގައި ރާއްޖޭގައި ވެރިކަން ކުރެއްވި ބައެއް ބޭފުޅުން ގޮތަށް ރުޅި އިސްކުރައްވާ ރުންކުރު ނިންމެވުންތަކެއް ނިންމަވާފައިވާ ވެރިއެއް ނޫންކަމަށާއި މީހުން ހިފާ ހައްޔަރުކޮށް ޖަލައްލުމުގެ ބަދަލުގައި ތަފާތު ޚިޔާލުތަކަށް ޖާގަދެއްވިކަމަށެވެ.

އަދި މިކަމުގެ ނަތީޖާއެއްގެ ގޮތުން މިއަދާއި ހަމައަށް ވެސް ކޯލިޝަނުގެ ގުޅުން ދެމެހެއްޓިފައި އޮތުމަކީ މިކަމުގެ ހަޤީތަކެއް ކަމަށާއި މިއީ ރާއްޖޭގައި ހަލަބޮލި ސިޔާސީ މާހައުލެއް އުފެދުނު ފުހުން ހަމަޖެހުން ރައްޔިތުންނަށް ތަޖުރިބާ ކޮށްލަން ލިބުނު އެންމެ ބޮޑު އަސްލުކަމަށް އިލްޔާސް ވިދާޅުވިއެވެ.

” ރައީސް ޞާލިހަކީ ވެރިއެއްގެ ކިބައިގައި ހުންނަން ޖެހޭ މަޑުމައިތިކަމުގެ ސިފަ ހުރި ބޭފުޅެއް. އަޅުގަނޑުމެން އެމަނިކުފާނަށް ތާޢީދުކުރައްވަން ނިންމެވީ އެފަދަ ސަބަބުތަކެއް ހުންނާތީ”. ޝައިޚް އިލްޔާސް ވިދާޅުވިއެވެ.

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *