Search Streamline Icon: https://streamlinehq.com

ޤާސިމު އަބަދުވެސް އަޅުގަނޑު ކައިރީގައި ބުނޭ ނިކަމެއްޗެއްގެ ހައްގަށް އަރައި ނުގަންނައްޗޭ: ނަހުލާ

Large 157596229819cdqI

ނިކަމެއްޗެއްގެ ޙައްޤަށް އަރައިނުގަނެވޭތޯ ބެލުމަށް އަބަދުވެސް ޤާސިމް ނަސޭހަތްތެރިވާ ކަމަށް އެމަނިކުފާނުގެ އަނބިކަނބަލުން އަދި ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.

ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބާ ދިމާކޮށް ޓީވީއެމަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ނަހުލާ ވިދާޅުވީ އަބަދުވެސް އެކަމަނާ ކައިރީގައި ޤާސިމް ބުނާ ވާހަކައެއް އޮންނަކަމަށާއި އެއީ މަސައްކަތެއް ކުރާއިރު އަބަދުވެސް ނިކަމެއްޗެއްގެ ހައްގަށް އަރައި ނުގަތުމަށް ވިދާޅުވާ ވާހަކަކަށެވެ.

އަދި މީހަކަށް މީހަކު އޮޅިއްޖެއްޔާ އެ މީހަކަށް އަލުން މަގު ދައްކައިދޭނެ މީހަކު ނުހުންނާނޭކަމަށް ވެސް ޤާސިމް ވިދާޅުވާ ކަމަށް ނަހުލާ ވިދާޅުވި އެވެ.

ނަހުލާ އިތުރަށް ވިދާޅުވީ ސިވިލް އޭވިއޭޝަން ވެސް ނަހުލާގެ ދަށުގައި އޮތް ނަމަވެސް، ވިލާ ކުންފުނީގެ އެއްވެސް ކަމެއް ކުރަން ގާސިމް ދުވަހަކު ވެސް ނުގުޅުއްވާ ކަމަށާއި ވިލާ ކުންފުންޏާ ގުޅޭ ކަމެއް އިކޮނޮމިކް ކައުންސިލާ ހަމައަށް އަޔަސް، އެ ބައްދަލުވުމުގައި އެކަމަނާ ބައިވެރިވެވަޑައިނުގަންނަވާ ކަމަށްވެސް ހާމަކުރެއްވި އެވެ.

”އަބަދުވެސް އަޅުގަނޑު ކައިރީގައި ބުނާ ވާހަކައެއް އޮވޭ. މަސައްކަތެއް ކުރާއިރު އަބަދުވެސް ބަލައްޗޭ ނިކަމެއްޗެއްގެ ހައްގަށް އަރައި ނުގަންނައްޗޭ… އަދި ވިދާޅުވާނެ މީހަކަށް މީހަކު އޮޅިއްޖެއްޔާ އެ މީހަކަށް އަލުން މަގު ދައްކައިދޭނެ މީހަކު ނުހުންނާނެއޭ،“ ނަހުލާ ވިދާޅުވި އެވެ.

ވަޒީރު ކަމުގެ މަސްއޫލިއްޔަތު އަދާކުރެއްވީ އެ އިބުރަތުގެ މަތީގައި ކަން ނަހުލާ ފާހަގަކުރެއްވި އެވެ.

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *